އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

August 12, 2016

 

ސަރކިއުލަރ

ނަންބަރ: 427-BUR/CIR/2016/6

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 11 އޯގަސްޓް 2016 ގައި އަމަލުކުރަން ފެށުމާ ގުޅިގެން އެ ޤާނޫނުގައި ބްރޯޑްކާސްޓަރުންނަށް ލިބިދޭ ހައްޤުތައް ބޭނުންކުރުމުގައި އެ ޤާނޫނާ އެއްގޮތް ވާ ގޮތުގެ މަތިން އަމަލުކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ. ޚާއްސަ ގޮތެއްގައި ލައިވް އިވެންޓް ބްރޯޑްކާސްޓްކުރުމުގައި އަދި ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި މި ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، ޤާނޫނު ނަންބަރު: 2013/1 (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި މި ކޮމިޝަނުން އެކުލަވާލާފައިވާ “މުޒާހަރާ އާއި ހަލަބޮލި ހާލަތުތައް ކަވަރުކުރުމުގެ ގައިޑްލައިން” އަށް ސަމާލުވުމަށް ވެސް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ.

12 އޯގަސްޓް 2016