ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނާއި ރިބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

August 24, 2016

ސަރކިއުލަރ

ނަންބަރ: 427-BUR/CIR/2016/7

ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނާއި ރިބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

 

ޤާނޫނު ނަންބަރު: 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ކަނޑައަޅައިފައިވާ ހަމަތަކަށް ސަމާލުވުމަށް މި ކޮމިޝަންގެ ނަންބަރު: 427-BUR/CIR/2016/6 (12 އޯގަސްޓް 2016) ސަރކިއުލަރ އިން ވާނީ އިލްތިމާސް ކޮށްފައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެދި މި ކޮމިޝަނަށް ޝަކުވާތައް ލިބެމުންދާތީ ޚަބަރާއި، ރިޕޯޓް، ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތައް ފޮނުވުމުގައި އިސްވެ ދެންނެވުނު ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކާސްޓަރުންނަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން ބޭރުގައި އުފައްދާ ޕްރޮގްރާމްތައް ރާއްޖޭގެ ބްރޯޑްކާސްޓަރުން އަދި ރީބްރޯޑްކާސްޓަރުން ފޮނުވުމުގައި ވެސް، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި އޭގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި ކޯޑް އޮފް ޕްރެކްޓިސްގެ އިތުރުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފޮނުވުމަށް އިލްތިމާސްކުރަމެވެ.

24 އޯގަސްޓް 2016