ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން

February 18, 2018

ސަރކިއުލަރ

ނަންބަރު: 427-LCM/CIR/2018/2

 

ބްރޯޑްކާސްޓް ލައިސަންސް ދޫކޮށްފައިވާ ސްޓޭޝަންތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުން

 

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ކ) ގައި ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ޢަމަލު ކުރަމުންދާ މިންވަރާއި، އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ ގޮތުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮންމެ އަހަރަކު އެއް ފަހަރު ކޮމިޝަނަށް ރިޕޯޓް ކުރަންވާނެކަން ބަޔާންކޮށްފައިވާތީއާ، ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 9 ވަނަ މާއްދާ (ލައިސަންސް ދިނުމުގެ ޢާންމުޝަރުޠުތައް) ގެ (ވ) ގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ފާއިތުވި އަހަރު ސްޓޭޝަން ހިނގި ގޮތުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅައިފައިނުވާ ފަރާތްތަކުން، 28 ފެބްރުއަރީ  2018 ވާ (ބުދަ) ދުވަހުގެ 15:00 ގެ ކުރިން ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 2017ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި ކޮމިޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ.

ތިރީގައި ބަޔާންކޮށްފައި މިވަނީ އަހަރީ ރިޕޯޓްގައި ހިމަންނަންޖެހޭ ބައިތަކެވެ.

  1. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން؛
  2. ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު؛
  3. ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް؛
  4. ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު ނިސްބަތް؛
  5. ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްސީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް (ކޮމިޝަންގެ ވެބްސައިޓް/ކޮމިޝަންގެ އޮފީހުން ލިބެން ހުންނާނެ)؛
  6. ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް؛
  7. ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާސިލް ކުރެވިފައިވާ މިންވަރު؛
  8. ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް؛

ވީމާ، 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅައިފައިނުވާ ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް މިކަން ގެނައުމާއެކު ޢާންމުކޮށް އަންގަމެވެ.

 14 ފެބްރުއަރީ 2018