2018 ވަނަ އަހަރުގެ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު 31 މާރިޗު 2018 ގެ ނިޔަލަށް ހަމަވުން

March 15, 2018

ސަރކިއުލަރ

ނަންބަރު:427-LCM/CIR/2018/5

2018 ވަނަ އަހަރުގެ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު 31 މާރިޗު 2018 ގެ ނިޔަލަށް ހަމަވުން

 

ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 11 ވަނަ މާއްދާގެ (ނ) އަދި ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީބްރޯޑްކާސްޓްކުރާފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ނިޔަލަށް ދައްކަންވާނެއެވެ. ވީމާ، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން 31 މާރިޗު 2018 ގެ ނިޔަލަށް 2018 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

އަދި، މި މުއްދަތު ފާއިތުވުމަށްފަހު އަހަރީ ފީގެ ފައިސާ ދައްކާ ތާރީހާ ހަމައަށް ފައިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ފީގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިގެ މަގުން ނުދައްކާ އޮތް ފީ ގެ ދެ ގުނަ ނުވަތަ 250,000ރ (ދެ ލައްކަ ފަންސާސް ހާސް ރުފިޔާ)، މި ދެ އަދަދަކުންކުރެ ބޮޑު އަދަދަކާ ހަމައަށް ޖޫރިމަނާ ވާނެއެވެ.

14 މާރިޗް 2018