September 9, 2024
ސަރކިއުލަރ
427/LIC/CIR/2024/03: ނަންބަރު
ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގެ ބަސްމަގު އާންމު އިޖުތިމާޢީ މިންގަނޑާ އެއްގޮތަށް ގެނެސްދިނުމަށް އިލްތިމާސްކުރުން
ބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކުން ގެނެސްދޭ ބައެއް ކޮންޓެންޓްގެ ބަސްމަގު އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ހުންނަކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.
ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮންޓެންޓް، ހާއްސަކޮށް ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ގެނެސްދޭއިރު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޢާންމު އިޖުތިމާޢީ މިންގަނޑާއި އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ބްރޯޑްކާސްޓް ކޮންޓެންޓް ގެނެސްދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.
އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާހަމަތަކާއި ގައިޑުލައިންތަކާއި އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.
9 ސެޕްޓެމްބަރު 2024