November 20, 2024
ސަރކިއުލަރ
427/LIC/CIR/2024/04: ނަންބަރު
ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓް ސުލޫކީ މިންގަނޑާއި އެއްގޮތަށް ބެހެއްޓުން
ބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކުން ގެނެސްދޭ ބައެއް ކޮންޓެންޓް އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ހުންނަކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި އެވެ.
ބްރޯޑްކާސްޓަރުން ކޮންޓެންޓް ގެނެސްދޭއިރު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޢާންމު އިޖުތިމާޢީ މިންގަނޑާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.
އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑްލައިންތަކާއި އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.
18 ޖުމާދުލްޢޫލާ 1446
20 ނޮވެމްބަރު 2024