ބްރޯޑްކާސްޓް ޗެނަލްތަކުން ގެނެސްދޭ ކޮންޓެންޓް،”ކޯޑް އޮފް ޕްރެކްޓިސް” ސުލޫކީ މިންގަނޑު ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑުލައިންތަކާއި އެއްގޮތަށް ބެހެއްޓުމަށް ހަނދާންކޮށްދީފި

September 9, 2024

ރާއްޖޭގެ ބްރޯޑްކާސްޓްކުރާ ބައެއް ޗެނަލްތަކުން ގެނެސްދޭ ކޮންޓެންޓްގެ ބަސްމަގާއި މަންޒަރުތައް އާއްމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ގޮތަށް ބްރޯޑްކާސްޓަރު ކުރުމަށް، މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާގައި ވަނީ، ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮންޓެންޓް، ހާއްސަކޮށް ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ގެނެސްދޭއިރު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޢާންމު އިޖުތިމާޢީ މިންގަނޑާއި އަދި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ބްރޯޑްކާސްޓް ކޮންޓެންޓް ގެނެސްދިނުމަށް އެދިފަ އެވެ.

މީގެ އިތުރަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ “ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް” (ސުލޫކީ މިންގަނޑު) ގައި ކަނޑައަޅާފައިވާ ހަމަތަކާއި ގައިޑުލައިންތަކާއި އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ފޮނުވި ސަރކިއުލާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.