October 26, 2017
އިއުލާން
ނަންބަރު: (IUL)427-LCM/427/2017/7
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާޠިލްވުން
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ) އާއި ގަވާއިދު ނަންބަރު 2012/R-11 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 19 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށަންވާނެ ތާރީޚަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސް ހަމަވާ ތާރީހުކަމުގައި ކަނޑައަޅައި އަދި މި ތާރީޚުގެ ފަހުން އިތުރަށް ހިނގާ 12 މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ، ލައިސަންސް ބާޠިލްވާނޭކަމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)427-LCM/PRIV/2013/6 (21 ފެބްރުއަރީ 2013) އިއުލާނުން ކަނޑައަޅައިފައިވާތީ، ތިރީގައި ބަޔާންކޮށްފައިވާ ޗެނަލްއަށް ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އިން ހުއްދަ ދޫކޮށްފައިވާ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތް މެދުވެރިކޮށް ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް، ޤާނޫނާ އެއްގޮތް ވާގޮތުގެ މަތީން ބާޠިލްވެފައިވާކަން އާއްމުކޮށް އަންގައި އިއުލާންކުރަމެވެ.
ޗެނެލްގެ ނަން: ރާއްޖެ ޕްލަސް
ލައިސަންސް ދޫކޮށްފައިވާ ކުންފުނި: އާރު. ޕްރޮޑަކްޝަން ޕްރައިވެޓް ލިމިޓެޑް
ލައިސަންސް ނަންބަރު: 427-LCM/CML(TV)/2015/12
ބްރޯޑްކާސްޓް ކުރުމަށް ހުއްދަކޮށްފައިވާ ވަސީލަތް: ސެޓަލައިޓް
ލައިސަންސް ދޫކޮށްފައިވާ ތާރީޚު: 9 ސެޕްޓެމްބަރ 2015
ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑަ އަޅާފައިވާ ތާރީޚު: 8 ސެޕްޓެމްބަރ 2016
ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާޠިލްވާ ތާރީޚު: 9 ސެޕްޓެމްބަރ 2017
ކުންފުނީގެ މަސްއޫލުވެރިން:
1. އަލްފާޟިލާ ފާޠިމަތު މުފީދާ، ގ. މާވާ ވިލާ/ މާލެ (ހިއްސާދާރެއް)
2. އަލްފާޟިލް މުޙައްމަދު ޙުސައިން، ދަފްތަރު ނަންބަރު 3721/ މާލެ (ހިއްސާދާރެއް)
26 އޮކްޓޫބަރު 2017