April 2, 2014
އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ފާހަގަކޮށްފިއެވެ.
އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވވުމުގައި ބައިވެރިވި ގިނަ ބޭފުޅުން ތިއްބެވީ އޯޓިޒަމަށް ހޭލުންތެރިކުރުވުމާ ބެހޭ ދުވަހުގެ ޚާއްސަ ޓީޝާޓު ތުރުކުރައްވައިގެންނެވެ. އެހެން ބޭފުޅުން ތިއްބެވީ އޯޓިޒަމަށް ހޭލުންތެރިކުރުވުމާ ބެހޭ ދުވަހުގެ ހާއްސަ ކުލަ ކަމަށްވާ ނޫ ކުލައިގެ ހެދުން ތުރުކުރައްވައިގެންނެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ އޯޓިޒަމް އަކީ ގިނަ އާއިލާތަކަކުން ތަޖުރިބާ ކުރަމުންގެންދާ ކަމަށްކަށްވެފައި ކޮމިޝަނުގެ މުވައްޒަފުންގެ ތެރޭގައި ވެސް އޯޓިސްޓިކް ކުދިން ހިމެނޭ އާއިލާތަކެއް ތިބުމާ އެކު އެ އާއިލާތަކަށް ހިތްވަރުދިނުމާ އެކު، އޯޓިޒަމްއަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގަ ބައިވެރިވެ މި ދުވަސް ފާހަގަކުރުމަށް ކޮމިޝަނުން ނިންމީ ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަންގެ ބައެއް މެންބަރުންނާއި މުވައްޒަފުން ވަނީ އޯޓިޒަމްއާ ގުޅޭ އެ ފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކޮށް އޯޓިޒަމްއަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މުޙިއްމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.
އޯޓިޒަމަށް ހޭލުންތެރިކުރުވުމާ ބެހޭ ދުވަހާ ގުޅިގެން ކޮމިޝަންގެ ދޮރުމަތި ވަނީ ޒީނަތްތެރިކޮށް، ނޫ ކުލައިން ދިއްލައިފަ އެވެ.