ކޮމިޝަންގެ ރައީސް
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް ޞަފާ ޝަފީޤް، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 9 މެއި 2023 ގައެވެ. ކޮމިޝަނުގެ ރައީސް ކަމަށް ޞަފާ އިންތިހާބު ކުރެއްވީ 22 ޖަނަވަރީ 2025 ގައެވެ.
ކޮމިޝަންގެ ނައިބު ރައީސް
މޯލްޑިވްސް ބްރޯޑްކާސްޓިންގ އިންޑަސްޓްރީއަށް ޝިފްލާ އިބްރާހިމް އަކީ އާ ބޭފުޅެއް ނޫނެވެ. އެއަޑެއް ކަންފަތުގައި ޖެހޭ އިރަށް އެއީ ޝިފްލާ ކަން ދެނެގަންނާނެ މީހުން ރާއްޖޭގައި މަދެއް ނުވާނެއެވެ. 1999 ވަނަ އަހަރު ޓެލެވިޜަން މޯލްޑިވްސްގެ އެނައުންސަރ ޓްރެއިނީއެއްގެ ގޮތުގައި ކެރިއަރ ފެށި ޝިފްލާ ވަނީ ރޭންކްއަކަށް ފަހު ރޭންކްއެއް ކަނޑައްތުކޮށް، ބްރޯޑްކާސްޓިންގ ދާއިރާއިން އުސްމިންތަކަށް ވާސިލްވުމުގެ ބިންގާ އަޅާފައެވެ. ނިއުސް ކާސްޓަރ އަދި އެސިސްޓެންޓް އެނައުންސަރ ފަދަ ރޯލްތައް ފުރިހަމަކޮށްފައިވާއިރު، ބްރޯޑްކާސްޓް ޓީމް ކުރިއެރުވުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާފައިވެއެވެ. މިއާއިއެކު ޝިފްލާގެ ދައުރުގައި ޓެލެވިޜަން މޯލްޑިވްސްގެ އެންމެ މަގުބޫލު ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ “ދިވެހި މިއުޒިކް” އާއި “ފިލްމީ އުދަރެސް” ފަދަ ޕްރޮގްރާމްތައް ޕްރެޒެންޓް ކުރައްވައި، ނެޓްވޯކްގައި ފޮހެވިގެން ނުދާނެ ފަދަ އިމްޕެކްޓެއް ކުރެއްވި އެވެ.
ހަމައެހެންމެ، ޖެނުއަރީ 2012 ގައި ޝިފްލާ ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ސީނިއާ ޖާނަލިސްޓްގެ މަގާމާ ހަވާލުވެވަޑައިގެން، އޭނާގެ ހުނަރާއި ތަޖުރިބާ ދައްކާލައިފައެވެ. ޕީއެސްއެމްއިން ލިބުނު ތަޖުރިބާގެ ނަތީޖާއަކީ އޭޕްރީލް 2015 އިން 2021 އަށް ސަންގު ޓެލެވިޜަންގެ އިތުބާރު ހުރި ނިއުސް އެންކަރަކަށް ވުމުގެ މަގު ފަހިވެގެން ދިއުމެވެ. ހަމައެހެންމެ، ބްރޯޑްކާސްޓިންގ އިންޑަސްޓްރީ ފުޅާކުރުމަށްޓަކައި ކުރައްވާ ޚާއްޞަ ޙިއްޞާތަކާއި ތަޖުރިބާގެ މުއްސަނދިކަން ފާހަގަކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކޮމިޝަނަރަކަށް ޝިފްލާ އިބްރާހިމް އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. މި ރޯލުގައި އޭނާ ކުރިއަށް ގެންދަނީ އިންޑަސްޓްރީ ބައްޓަންކޮށް ޚިދުމަތްތެރިކަމާއިއެކު، ޕްރޮފެޝަނަލިޒަމް ރެގިއުލޭޓަރީ ފްރޭމްވޯކަށް ގެނެސްދެމުންނެވެ.
މިއާއިއެކު ގިނަބައެއްގެ އިޙްތިރާމް ލިބިގެންވާ ޝިފްލާގެ ތަޢުލީމީ ދަތުރުގެ ހުންގާނު އަނބުރާލެވިފައިވަނީ ވެސް މީޑިއާ ސްޓަޑީޒްއަށް އަމާޒުކޮށްގެންކަން ފާހަގަވެގެންދެއެވެ. ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޖާނަލިޒަމްގެ ދާއިރާއިން ޑިޕްލޮމާ އަދި ބެޗްލަރ އޮފް އާޓްސް ހާސިލްކުރުމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން، 2019 ވަނަ އަހަރު ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސްގެ ދާއިރާއިން މާސްޓާ އޮފް އާޓްސް ހާސިލް ކުރެއްވުމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާއިން ވެސް މީޑިއާއަށް ހޭލުންތެރިވުމަށް މަގު ކޮށައިދީ އިތުރަށް ބިންގާ ފުރިހަމަވެގެންދިއުމެވެ. މިކަން ފާހަގަވެގެންދަނީ ޝިފްލާގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ދާއިރާއަށްވެސް ފޯރައިފައިވުމެވެ. އެގޮތުން ޤައުމީ ބޯޑަރުތަކުން ބޭރުގައި ޝިފްލާ ވަނީ ބައިނަލްއަޤްވާމީ ނޫސްވެރިކަމަށް ޚިދުމަތްކުރައްވައި ސްވިޒަލޭންޑްގެ ޒިޔުރިކްގައި ބޭއްވި ފެސްޕޯ 2008 ގައި އޭނާގެ ޤާބިލިއްޔަތުކަން ސާބިތުކޮށްދީފައިވެއެވެ. ހަމައެއާއިއެކު ޓީވީއެމް އިން އިންތިޒާމްކުރި ނިއުސްކާސްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ނިއުސް އެންކަރުންނާއި ޕްރެޒެންޓަރުން ތަމްރީނު ކުރުމަށް އިސްނަގައިގެން މަސައްކަތް ކުރެއްވުމުން އިންޑަސްޓްރީގެ ތެރޭގައި ހުނަރުވެރިކަން ކުރިއެރުވުމަށް ދެއްވި އަހައްމިއްޔަތުކަން ފާހަގަ ކުރެވިގެންދެއެވެ.
މީޑިއާގެ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އިތުރުން، ޝިފްލާ އަކީ ދުޅަހެޔޮ ދިރިއުޅުން ކުރިއަރުވަން އެހެން މީހުން މި ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ފިޓްނަސް މޯޓިވޭޓަރެކެވެ. ދުޅަހެޔޮކަމަށް އޭނާ ގެންގުޅޭ ވަށާޖެހޭ އުސޫލުން ޕްރޮފެޝަނަލް ދާއިރާ ތެރޭގައި ވެސް އަދި ބޭރުގައި ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރައްވާކަން ހާމަވެގެންދެއެވެ.
ބްރޯޑްކާސްޓިން ދާއިރާއިން އެނައުންސަރ ޓްރެއިނީއަކުން ކޮމިޝަނަރަކަށް ޝިފްލާ ކުރެއްވި ދަތުރަކީ، އޭނާ އެ ދާއިރާއިން ކުރިއެރުމަށް ކުރާ މަސައްކަތުގެ ހެއްކެކެވެ. ތަޖުރިބާތަކުގެ މުއްސަނދި މާޒީއެއް އޮތް، ހުނަރުވެރިން ތަރުބިއްޔަތު ކުރުމުގެ ޝައުޤުވެރިކަމާއެކު، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ފާހަގަކޮށްލެވޭ އަލިގަދަ ތަރިއެކެވެ.
ކޮމިޝަނަރ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް އާމިނަތު ނުޒުހާ، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 18 މާޗް 2024 ގައެވެ.
ކޮމިޝަނަރ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް މުޙައްމަދު އަބްދުﷲ، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 20 ޖަނަވަރީ 2025 ގައެވެ.
ކޮމިޝަނަރ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް އާމިނަތު ޞަރާޙަތު ޢިއްޒަތު، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 20 ޖަނަވަރީ 2025 ގައެވެ.
ކޮމިޝަނަރ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް މޫސާ ރިޟްވާން، ރައީސުލްޖުމްޙޫރިއްޔާ އައްޔަން ކުރެއްވީ 15 މޭ 2025 ގައެވެ.