ޑިޕާރޓްމަންޓްތައް


ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް

 

ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

  • ކޮމިޝަންގެ ބަޖެޓް އެކުލަވާލާ، ކަޑައެޅިފައިވާ މުޙުލަތުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ބަޖެޓް ފޮނުވުން؛
  • ޒަމާނާއި އެއްގޮތަށް ފައިނޭންޝަލް ސިސްޓަމެއް ޤާއިމްކޮށް ތަރައްޤީކުރުން؛
  • ކޮމިޝަންގެ މުދަލާއި ފައިސާ އަދި އެނޫންވެސް ވަޞީލަތްތައް ބޭނުން ކުރެވެނީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްތޯ ބެލުން؛
  • ކޮމިޝަންގެ މުދަލާއި ފައިސާ ހެޔޮގުތުގައި ބޭނުން ކުރެވޭނެ އުސޫލުތައް ރާވައި ހިންގުން؛
  • ކޮމިޝަންގެ އަހަރީ ފައިނޭންޝަލް ސްޓޭޓްމެންޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

އެޗް.އާރް  އެންޑް އެޑްމިނިސްޓްރޭޓިވް ސެކްޝަން

  • ކޮމިޝަންގެ އެންމެހައި އިދާރީ ކަންކަން ރާވާ ހިންގުން؛
  • ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އެޗް.އާރް ޕޮލިސީ އެކުލަވާލައި ތަންފީޒު ކުރުން؛
  • ކޮމިޝަންގެ އިދާރާގެ އޮނިގަނޑު އެކުލަވާލައި، މުވައްޒަފުން ހޯދައި، މުވައްޒަފުންގެ ވަޒީފާ ބަޔާންތައް އެކުލަވާލުން؛
  • ކޮމިޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންގެ ‘ނީޑްސް އެސެސްމެންޓް’ ހެދުމާއި އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނެ ގޮތްތައް ހޯދުން؛
  • މުވައްޒަފުންގެ ކުރިއެރުމަށް އަދި ކުރިއެރުވުމަށް މަސައްކަތް ކުރުން، އަދި ޕަރފޯމަންސް ވަޒަން ކުރެވޭނެ ނިޒާމުތައް ޤާއިމުކޮށް ތަންފީޒުކުރުން؛
  • މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކުރުން؛
  • ކޮމިޝަންގެ މަސައްކަތްތައް ހަލުއިކަމާއިއެކު ހިންގައި ބެލެހެއްޓުމަށްޓަކައި މުވައްޒަފުންނާއި އެހެނިހެން ވަޞީލަތްތައް ބޭނުން ކޮށްގެން އެކިއެކި އިންތިޒާމުތައްކޮށް އެކަންކަން ހިންގުން؛
  • ކޮމިޝަންގައި މަސައްކަތްކުރާ ތަފާތު ފަންނުގެ މުވައްޒަފުން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމު ކުރުން؛
  • ކޮމިޝަންގެ އޯގަނޯގްރާމް އެކުލަވާލުން؛
  • އަދި މިނޫންވެސް މުވައްޒަފުންނާއި ބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން؛
  • ކޮމިޝަންގެ އިދާރާގެ ލޮޖިސްޓިކްސް ބެލެހެއްޓުން؛
  • ކޮމިޝަންގެ އިދާރާގެ އިންވެންޓްރީ ބެލެހެއްޓުން.
  • ބްރޯޑްކާސްޓް ޓެކްނޯލޮޖީއާއި އައި. ޓީ އާއިބެހޭ ކޮމިޝަންގެ ހުރިހާ ކަމެއް ބެލެހެއްޓުން؛
  • ކޮމިޝަންގެ ހުރިހާ ސެކްޝަންތަކަށް އައި. ޓީގެ ޚިދުމަތް ފޯރުކޮށްދިނުން؛
  • ބްރޯޑްކާސްޓް ޓެކްނޯލޮޖީއާއި އެންޖިނިއަރިންގެ ދާއިރާއާއި ގުޅޭ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން؛
  • ބްރޯޑްކާސްޓު ކުރުމުގެ އާ ޓެކްނޯލޮޖީ ތަޢާރަފް ކުރުމުގައާއި، މިފަދަ ޓެކްނޮލޮޖީ ޤާއިމު ކުރުމުގައި ބްރޯޑްކާސްޓަރުންނަށް ފަންނީ އެހީތެރިކަންދިނުން؛
  • ކޮމިޝަންގެ ވެބްސައިޓް ޤާއިމްކޮށް ބެލެހެއްޓުން؛
  • ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ބޭނުންވާ ފަންނީ ވަޞީލަތްތައް ޤާއިމު ކުރުން؛

ކޮމިޝަނަރޒް ބިޔުރޯ

  • ކޮމިޝަންގެ ޖަލްސާތަކާއި ބެހޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން؛
  • ކޮމިޝަނަރުންގެ އެހެނިހެން މީޓިންގތަކާއި އެޕޮއިންޓްމެންޓްތައް ހަމަޖެއްސުން؛
  • ސެކްރެޓެރީ ޖެނެރަލްގެ ލަފައާއިއެކު، ކޮމިޝަންގެ ޖަލްސާތަކުގެ އެޖެންޑާ ކަޑައެޅުން؛
  • ކޮމިޝަންގެ ޖަލްސާތައް ޔައުމިއްޔާ ކުރުން؛
  • ކޮމިޝަނަރުންގެ ސެކްރެޓޭރިއަޓްގެ މަސްއޫލިއްޔަތު އަދާކުރުން.

 


 

ބިޔުރޯ ޑިޕާރޓްމަންޓް

 

ސްޓްރެޓީޖިކް ޑިވެލޮޕްމެންޓް އެންޑް ރިސަރޗް ސެކްޝަން

  • ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވާލާ ތަންފީޒުކުރުން؛
  • ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭނަށް ރިޢާޔަތްކޮށް ކޮމިޝަނާއި، ލޯކަލް ބްރޯޑްކާސްޓަރުންގެ ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލުން؛
  • ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މުރާޖަޢަކޮށް މިފަދަ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރުން؛
  • ބްރޯޑްކާސްޓް ކުރުމުގެ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ހޯދާ އަދި މިފަދަ މަޢުލޫމާތުތަކުގެ އަލީގައި ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ޙާޞިލް ކުރުމަށް ކޮމިޝަނަށް އެހީތެރިވެދިނުން؛
  • ކޮމިޝަންގެ ސްޓާފުން ތަމްރީން ކުރުމުގައި އޮޕަރޭޝަނަލް އެފެއަރޒްއަށް އެހީތެރިވެދިނުން؛
  • ކޮމިޝަނަށް ބޭނުންވާ އެކިއެކި ދިރާސާތައް ކުރުން

 

ކޮމިޝަނަރސް ބިޔުރޯ

  • ކޮމިޝަންގެ ޖަލްސާތަކާއި ބެހޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން؛
  • ކޮމިޝަނަރުންގެ އެހެނިހެން މީޓިންގތަކާއި އެޕޮއިންޓްމެންޓްތައް ހަމަޖެއްސުން؛
  • ސެކްރެޓެރީ ޖެނެރަލްގެ ލަފައާއިއެކު، ކޮމިޝަންގެ ޖަލްސާތަކުގެ އެޖެންޑާ ކަޑައެޅުން؛
  • ކޮމިޝަންގެ ޖަލްސާތައް ޔައުމިއްޔާ ކުރުން؛
  • ކޮމިޝަނަރުންގެ ސެކްރެޓޭރިއަޓްގެ މަސްއޫލިއްޔަތު އަދާކުރުން.

ޕީއާރ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަން

  • ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން؛
  • ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ލިޔެ ތައްޔާރުކޮށް އަޕްޑޭޓް ކުރުން؛
  • ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޢާންމު ކުރުން؛
  • މީޑިޔާ ބްރީފިންގތައް ބޭއްވުން؛
  • ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓަރުންނާއި ގުޅޭ ކަންކަމުގައި ޕްރެސް ރިލީޒް ނެރެ މީޑިޔާއަށް މަޢުލޫމާތު ދިނުން؛
  • ކޮމިޝަންގެ ތަސައްވުރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  • ކޮމިޝަންގެ އަހަރީ ރިޕޯޓު އެކުލަވާލައި ކަޑައެޅިފައިވާ މުޙުލަތުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން؛
  • ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ގުޅުންހުރި ބޭރުގެ ޖަމިއްޔާ/ޖަމާޢަތްތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ބްރޯޑްކާސްޓަރުންނާ ގުޅުން ބަދަހި ކުރުން؛
  • ކޮމިޝަނަށް ބޭނުންވާ އެހީއާއި ތަމްރީންގެ ފުރުސަތުތައް ބައިނަލްޢަޤުވާމީ ފަރާތްތަކުން ހޯދުން؛
  • ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީންގެ ފުރުސަތުތައް ހޯދުން؛
  • ކޮމިޝަންގެ ތަރައްޤީއަށާއި މުޅި ބްރޯޑްކާސްޓް ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބޭރުގެ ކޮންސަލްޓަންސީ ހޯދުން؛
  • ކޮމިޝަންއާއި ގުޅިގެން ބޭރުގެ ބްރޯޑްކާސްޓަރުން ނުވަތަ ބްރޯޑްކާސްޓުކުރުމުގެ ދާއިރާއާއި ގުޅުންހުރި ޖަމާޢަތްތަކުން ރާއްޖޭގައި ބާއްވާ ކޮންފަރެންސް/ސެމިނަރ ފަދަ ކަންކަން ރާވައި ހިންގުން؛
  • ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަން ތަމްޡީލް ކުރުމަށް ބޭނުންވާ ފުރުސަތުތައް ހޯދުން.

 


 

ލީގަލް އެފެއާރޒް ޑިޕާރޓްމަންޓް

 

ލީގަލް އެފެއާޒް ސެކްޝަން

  • ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ކޮމިޝަން ތަމްޘީލު ކުރުން؛
  • ޤާނޫނީ ގޮތުން ކޮމިޝަނަށް ލަފާދިނުން އަދި މިގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް ދިފާޢު ކުރުން؛
  • ބްރޯޑްކާސްޓަރުންގެ ‘ކޯޑް އޮފް ޕްރެކްޓިކްސް’ އެކުލަވާލުން؛
  • ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭ ޙާލަތްތަކުގައި ޖަވާބުދާރީވުން؛
  • ކޮމިޝަންގެ ހުރިހާ ޑިޕާޓްމެންޓްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުވައިދިނުން؛
  • ކޮމިޝަންގެ ހިންގާ ޤަވާޢިދުތަކާއި އުސޫލުތަކާއި ‘ޕްރޮސެސް އެންޑް ޕްރޮސީޖަރޒް’ އެކުލަވާލުމުގައި ޤާނޫނީ ލަފާ ދިނުން؛
  • ޤާނޫނުތައް ދިރާސާކޮށް ކޮމިޝަންގެ އިޙުތިޞާސްތަކާއި ފުށުއަރާ ދާއިރާތައް ފާހަގަކޮށް އެކަންކަން ރަގަޅުކުރުން.

 

ކޮމްޕްލެއިންސް ސެކްޝަން

  • ކޮމިޝަންގައި ރަނގަޅު ކޮމްޕްލެއިންސް މެކޭނިޒަމްއެއް ޤާއިމް ކުރުން؛
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބު ދިނުން؛

 


 

ލައިސެންސިންގ އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް

 

ލައިސެންސިންގ ސެކްޝަން

  • ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން؛
  • ލައިސެންސް ދިނުމުގެ ރަގަޅު ނިޒާމެއް ކޮމިޝަންގައި ޤާއިމު ކުރުން؛
  • ލައިސަންސް ދޫކުރުމާއި ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.

 

މޮނިޓަރިންގ ސެކްޝަން

  • ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުން މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމް ކުރުން؛
  • އިލެކްޓްރޯ މެގްނެޓިކް ވޭވްގެ ކަންކަން ބަލަހައްޓާ ބްރޯޑްކާސްޓިންގ ފްރީކުއެންސީ ޕްލޭން ތައްޔާރުކޮށް ތަންފީޒު ކުރުން؛
  • ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތަށް ބްރޯޑްކާސްޓަރުން ޢަމަލު ކުރޭތޯ ބެލެން؛
  • ބްރޯޑްކާސްޓް ކުުރުމުގެ ‘ކޯޑް އޮފް ޕްރެކްޓިސް’ އާއި އެއްގޮތަށް ބްރޯޑްކާސްޓަރުން އަމަލު ކުރޭތޯ ބެލުން.
  • ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ގޮތުން ބާއްވާ ބްރޯޑްކާސްޓް ފެއަރ ތަކަށް ޒިޔާރަތްކޮށް ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ޓެކްނޯލޮޖީގެ ކުރިއެރުންތައް ދެނެގަނެ އެއަށް އަހުލުވެރިވުން؛