ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ކޮމިޝަނުން ދޭ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދިނުމާ ގުޅޭ

May 5, 2021

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2021/10

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ކޮމިޝަނުން ދޭ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ދިނުމާ ގުޅޭ

ކޮވިޑް-19 އިން ރައްކައުތެރިވުމަށާއި، މި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ ދަށުން މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ، ކޮމިޝަނުން ދޭ ބައެއް ޚިދުމަތްތައް ދެމުންދާ ގޮތަށް ބަދަލުއައިސްފައިވާކަމުގައި ދަންނަވަމެވެ.

މިކަމާ ގުޅިގެން، ބްރޯޑްކާސްޓިންގއާއި ރީބްރޯޑްކާސްޓިންގއާ އަދި “އެކްރެޑިޓެޑް ޕްރެސް ކާޑް” ހެއްދުމާ ގުޅޭ ޚިދުމަތްތަކަށް މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިގޮތުން، އޮންލައިން އެޕްލިކޭޝަންތައް ހުށަހަޅުއްވާނީ info@broadcom.org.mv  އަށެވެ. އަދި ކޮމިޝަންގެ މި ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކޮމިޝަންގެ ހޮޓްލައިން 7983353 އަށެވެ.

5 މެއި 2021