July 23, 2013
ދިއެފްއެމް ޕްލަސްގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.
ތިރީގައި މިވަނީ ދި އެފް.އެމް ޕްލަސް ގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ފޮނުއްވި ސިޓީގެ މުޙިއްމު ބައިތަކެވެ.
“ދިއެފް.އެމް ޕްލަސް 6 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހައި ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވީޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށްް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.
“ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ތިޔަ ފަރާތުން ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުވައިދިނުމަށާއި މުނިފޫހިފިލުވައި ދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ މި ފުރުސަތުގައި ވެސް ދަންނަވަމެވެ.“