ރީބްރޯޑްކާސްޓް ކުރަން ބޭނުންވާ ފަރާތްތަކުން ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދަށް އަމަލުކުރުމަށް ދިމާވާ ދަތިތައް އެންގުމަށް އެދި

July 1, 2012

ސަރކިއުލަރ

  16 ޖުލައި 2012 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީބްރޯޑްކާސްޓިންގ ފޯރަމް އާއި ގުޅޭ

މި ކޮމިޝަނުން އާންމުކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު (20-R/2012) އަށް އަމަލު ކުރުމުގައި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރަން ބޭނުންވާ އެއްވެސް ފަރާތަކަށް މައްސަލައެއް ނުވަތަ ދަތިތަކެއް ކުރިމަތިވަމުންދާ ނަމަ އެކަންތައްތައް ފާހަގަކުރައްވާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޕޯސްޓު، ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް 10 ޖުލައި 2012 ވާ އަންގާރަ ދުވަހުގެ ކުރިން އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

މިސަރކިއުލަރއާ ގުޅިގެން މައުލޫމާތު ހުށަހަޅުއްވާނީ ފެކްސްގެ ޒަރިއްޔާއިން ނަމަ 3334334އަށް އަދި އީމެއިލް ކުރައްވާނަމަ  comment@broadcom.org.mvއަށެވެ.

11 ޝައުބާން 1433

01  ޖުލައި 2012