ބްރޯޑްކާސްޓް ކަޕް 2024 ގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރު ލައިފި

October 9, 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓުސަލް މުބާރާތް “ބްރޯޑްކާސްޓް ކަޕް 2024” ގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރު ލައިފި އެވެ.

ބްރޯޑްކާސްޓް ކަޕަކީ ކޮންމެ އަހަރެއްގެ 4 އޮކްޓޫބަރުގައި ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ކޮމިޝަނުން ބާއްވާ ކަޕެކެވެ.

އަންގާރަ ދުވަހު ޕީއެސްއެމްގައި އޮތް މި އިވެންޓްގައި ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން އަދި ކޮމިޝަނަރު އަލީ ޔޫސުފް ބައިވެރިވެޑައިގަތެވެ. މި އިވެންޓްގައި ގުރުއަތުނަގައި މެޗުތައް ކުޅޭނެ ޝެޑިއުލް ވަނީ ޓީމުތަކާއި ހިއްސާކޮށްފައި އެވެ.

މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގައި ތިރީގައި މިވާ ޗެނަލްތަކުގެ ޓީމުތައް ބައިވެރިވެ އެވެ.

  • ޕީއެސްއެމް ނިއުސް
  • ޓީވީއެމް
  • އަސްލުޓީވީ
  • ވަގުތުޕްލަސް
  • އެސްއެސްޓީވީ
  • ވީޓީވީ
  • އައިސް ޓީވީ

މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމެވެ.

ބްރޯޑްކާސްޓްކަޕް 2024 ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ  ބައިވެރިވެފައި އެވެ.