May 13, 2014
ނަންބަރު: l(IUL)427-PPR/1/2014/35
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޮމިޝަން ނަމްބަރު: (IUL)4277-PPR/1/2014/32 (ތާރީޚް: 08 މޭ 2014) އިއުލާނަށް އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާތީ މި އިޢުލާން ބާތިލް ކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
ހޯލް ކުއްޔަށް ހިފުމާއި ވަޞީލަތްތައް
މި ކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 3، 4 އަދި 5 ޖޫން 2014ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމަކަށް ކޮންފަރެންސް ހޯލް އަދި މިކަމަށް ބޭނުންވާ ވަޟީލަތްތައް ކުއްޔަށް ހިފުމާއި ކޭޓަރކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ؛
ބައިވެރިވާ ފަރާތް: 20 |
ތާރީޚް: 3، 4 އަދި 5 ޖޫން 2014 |
ގަޑި: ކޮންމެ ދުވަހެއްގެ 8:00 ން 18:00 |
ހުންނަންޖެހޭ ތަކެތި/ވަޞީލަތްތަކުގެ ތަފްޞީލް: |
|
|
|
|
|
|
ކޭޓަރިންގ ކޮށްދިނުން
ބައިވެރިވާ ފަރާތް: 20 |
||
ތާރީޚް: 3، 4 އަދި 5 ޖޫން 2014 |
||
ކޭޓަރިންގ |
||
|
11:00 ން11:30 |
ކޮފީ، ސައި، ޖޫސް، ހެދިކާ (02 ކުޅި 02 ފޮނި) ފެން، ދުފުން |
|
13:00 ން 14:00 |
ލަންޗް ބުފޭ ސްޓައިލް (ރަނގަޅު ފެންވަރު) ފެން، ދުފުން |
|
16:30 |
ކޮފީ، ސައި، ޖޫސް، ހެދިކާ (02 ކުޅި 02 ފޮނި) ފެން، ދުފުން |
ހުށަހަޅަން ޖެހޭ ތަކެތި:
1. އިޢުލާންގައި ދެންނެވިފައިވާ ފަދަ މަސައްކަތެއް އެއްވެސްފަރާތަކަށް ކޮށްދެއްވާފައިވާނަމަ އެމަސައްކަތެއް ފުރިހަމަކޮށްފައިވާ ގޮތާއި ބެހޭގޮތުން އެފަރާތަކުން ދީފައިވާ ލިޔުން އެފަރާތެއްގެ ލެޓަރހެޑްގައި؛
2. އިޢުލާންގައި ދެންނެވިފައިވާފަދަ މަސައްކަތެއް ކޮށްދެއްވޭނެ މާލީ ޤާބިލްކަން ހުރިކަމުގެ ލިޔުން،(ބޭންކް ސްޓޭޓްމަނޓް ނުވަތަ އެކައުންޓްސް ސްޓޭޓްމަންޓް)؛
3. ކުންފުންޏެއް ނަމަ ކުންފުނީ ރަޖިސްޓްރީގެ ފޮޓޯ ކޮޕީއެއް (އަސްލާއެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއަކާއި އަހަރީ ފީ ދެއްކި ސްލިޕްގެ ފޮޓޯ ކޮޕީއެއް)؛
4. އަމިއްލަ ފަރާތެއް ނަމަ އެފަރާތެއްގެ މުއްދަތު ހަމަނުވާ ނެޝަނަލް އައިޑީ ކާޑުގެ ފޮޓޯ ކޮޕީއެއް (އައިޑީ ކާޑުގެ ފޮޓޯ ސާފުވުން )
5. އަންދާސީ ހިސާބު.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލް:
1. އަގަށް: 40 މާކްސް
2. ތަޖްރިބާ އަށް: 30 މާކްސް
3. މާލީ ޤާބިލް ކަމަށް: 30 މާކްސް
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހަޅާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ހުށަހެޅުން ބާތިލްވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
22 މެއި 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3334333/ 3334324 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
14 ރަޖަބް 1435
13 މޭ 2014