އަންދާސީ ހިސާބު ބޭނުންވެއްޖެ

May 4, 2014

ނަންބަރު:(IUL)427-PPR/1/2014/32

 އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ


ހޯލް ކުއްޔަށް ހިފުމާއި ވަޞީލަތްތައް

މި ކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށްގެން 3، 4 އަދި 5 ޖޫން 2014ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމަކަށް ކޮންފަރެންސް ހޯލް އަދި މިކަމަށް ބޭނުންވާ ވަޟީލަތްތައް ކުއްޔަށް ހިފުމާއި ކޭޓަރކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ؛

ބައިވެރިވާ ފަރާތް: 20

ތާރީޚް:  3، 4 އަދި 5 ޖޫން 2014

ގަޑި:   ކޮންމެ ދުވަހެއްގެ 8:00 ން 18:00

ހުންނަންޖެހޭ ތަކެތި/ވަޞީލަތްތަކުގެ ތަފްޞީލް:

  • ޕޯޑިއަމް މައިކް އާއެކު
  • ޕްރޮޖެކްޓަރ / ސްކްރީން
  • 03 ކޯޑްލެސް މައިކް
  • ސައުންޑް ސިސްޓަމް ( ޕީއޭ ސިސްޓަމް )
  • ވައިޓް ބޯޑް އަދި ފްލިޕް ޗާރޓް
  • ޓޭބަލް އެރޭންޖްމަންޓް

ކޭޓަރިންގ ކޮށްދިނުން

ބައިވެރިވާ ފަރާތް: 20

ތާރީޚް: 3، 4 އަދި 5 ޖޫން 2014

ކޭޓަރިންގ

  • ހެނދުނުގެ ކޮފީ ބްރޭކް:

10:15  ން 10:30

ކޮފީ، ސައި، ޖޫސް، ހެދިކާ01 (ކުޅި 01 ފޮނި) ފެން، ދުފުން

  • މެންދުރު:

12:00 ން 13:30

ލަންޗް ބުފޭ ސްޓައިލް (ރަނގަޅު ފެންވަރު) ފެން، ދުފުން

  • ހަވީރު ކޮފީ ބްރޭކް:

15:15 ން 15:20

ކޮފީ، ސައި، ޖޫސް، ހެދިކާ01 (ކުޅި 01 ފޮނި) ފެން، ދުފުން

ހުށަހަޅަން ޖެހޭ ތަކެތި:

1. އިޢުލާންގައި ދެންނެވިފައިވާ ފަދަ މަސައްކަތެއް އެއްވެސްފަރާތަކަށް  ކޮށްދެއްވާފައިވާނަމަ އެމަސައްކަތެއް ފުރިހަމަކޮށްފައިވާ ގޮތާއި  ބެހޭގޮތުން އެފަރާތަކުން ދީފައިވާ ލިޔުން އެފަރާތެއްގެ ލެޓަރހެޑްގައި؛

2. އިޢުލާންގައި ދެންނެވިފައިވާފަދަ މަސައްކަތެއް ކޮށްދެއްވޭނެ މާލީ ޤާބިލްކަން ހުރިކަމުގެ ލިޔުން،(ބޭންކް ސްޓޭޓްމަނޓް ނުވަތަ އެކައުންޓްސް ސްޓޭޓްމަންޓް)؛

3. ކުންފުންޏެއް ނަމަ ކުންފުނީ ރަޖިސްޓްރީގެ ފޮޓޯ ކޮޕީއެއް (އަސްލާއެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ ކޮޕީއަކާއި އަހަރީ ފީ ދެއްކި ސްލިޕްގެ ފޮޓޯ ކޮޕީއެއް)؛

4. އަމިއްލަ ފަރާތެއް ނަމަ އެފަރާތެއްގެ މުއްދަތު ހަމަނުވާ ނެޝަނަލް އައިޑީ ކާޑުގެ ފޮޓޯ ކޮޕީއެއް (އައިޑީ ކާޑުގެ ފޮޓޯ ސާފުވުން )

5. އަންދާސީ ހިސާބު.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލް:

1. އަގަށް:             40 މާކްސް

2. ތަޖްރިބާ އަށް:        30 މާކްސް

3. މާލީ ޤާބިލް ކަމަށް:     30 މާކްސް

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހަޅާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ހުށަހެޅުން ބާތިލްވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން:

12 މެއި 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް /33343333334324 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ރަޖަބް 1435

04 މޭ 2014