ވިޝަންސް އޮފް ދަ ފިއުޗާ އާޓް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

October 20, 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ކުރެހުމުގެ މުބާރާތް ވިޝަންސް އޮފް ދަ ފިއުޗާގައި ބައިވެރިވުމުގެ ފުރުސަތު 30 އޮކްޓޫބަރު 2024 ނިޔަލަށް އިތުރުކޮށްފި އެވެ.

މި މުބާރާތަކީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރާ ދުވަހެވެ. މި އަހަރުގެ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ “މާދަމާގެ ތަސައްވަރު : ބްރޯޑްކާސްޓިންގގެ މުސްތަޤުބަލު ބައްޓަންކުރުން” އެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ކޮމިޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތް “ވިޝަންސް އޮފް ދަ ފިއުޗާ” ގައި ބައިވެރިވަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އާޓް މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 މި އާޓް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ތިރީގައި މިވާ ގައިޑްލައިނާއި އެއްގޮތަށް އާޓް ހުށެހެޅުން އެދެމެވެ.

ކުރެހުމުގެ މުބާރާތަށް ހުށަހަޅާ ކުރެހުމަކީ ތިރީގައި ބަޔާންކޮށްފައިވާ ޝިއާރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ކުރެހުމަކަށް ވާން ޖެހެ އެވެ.

  1. “ދަ އިވޮލިއުޝަން އޮފް މީޑީއާ”: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ނުވަތަ ލިބޭ މެސެޖަކަށްވާންވީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިން މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތެވެ.
  2. “ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ”: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިން މީޑީއާ އަދާ ކުރާ ދައުރެވެ.
  3. “ބްރޭކިން ނިއުސް“: މި ތީމަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިން މީޑިއާ އިން ބްރޭކިން ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ދައްކައިދޭންވާނެ އެވެ.

އާޓް މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް

  • 6 އަހަރާއި 9 އަހަރު ދެމެދުގެ އުމުރުފުރާ
  • 10 އަހަރާއި 13 އަހަރު ދެމެދުގެ އުމުރުފުރާ
  • 14 އަހަރާއި 16 އަހަރު ދެމެދުގެ އުމުރުފުރާ
  • ނޯޓް: ކޮންމެ އުމުރުފުރައަކަށް ބޭނުން ޝިއާރަކަށް އާޓް ހުށެހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ހުށަހަޅަންޖެހޭ އާޓްގެ ސައިޒު އަދި ބޭނުން ކުރެވޭ މީޑިއަމްސް

  • ޑިޖިޓަލް ނޫން ކޮންމެ މީޑިއަމަކުން ހަދާފައިވާ އާޓް މަސައްކަތެއް މި މުބާރާތުގައި ބައިވެރި ކުރެވޭނެ އެވެ. މިގޮތުން، ފަންސޫރު ކުލަ، ކްރޭޔޯން، މާކަރު، ފެން ކުލާ، ޕޯސްޓާ ޕެއިންޓް،އެކްރިލިކް ޕެއިންޓް އަދި އެހެން މެޓީރިއަލްތައް ބޭނުންކޮށްގެން ކުރާ މަސައްކަތް ހުށެހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
  • މުބާރާތުގައި ބައިވެރިކުރުމަށް ފޮނުވާ އާޓް މަސައްކަތުގެ ސައިޒު ވާންވާނީ A3 ސައިޒަށްވުރެ ކުޑަ ނޫން ކުރެހުމަކަށެވެ.
  • ހުށަހަޅާ އާޓް މަސައްކަތުގައި ނަމާއި، ސްކޫލް އަދި އުމުރު އަދި ކޮންޓެކްޓް ނަމްބަރު އަދި ބައިވެރިވާ ތީމް ހިމަނަންވާނެ އެވެ. އާޓް މަސައްކަތާއި އެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެ އެވެ.
  • އާޓް މަސައްކަތް ހުށަހަޅަންވީ:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،

ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ

މަޖީދީ މަގު،  މާލެ.

މި އާޓް މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެ އެވެ. ކޮމިޝަނުން އިންތިޒާމްކޮށް ބާއްވާ މި މުބާރާތުގެ ވަނަތައް ދޭން ހަމަޖެހިފައިވަނީ

އަސްރަފީ ބުކްޝޮޕް

ކްރާފްޓީ ވޯލްޑް

މިއުސް

ސޮލްޓީ ޕީޕަލް

އަދި ދަ ކްލޭ ސްޓޫޑިއޯ އޮފް މޯލްޑިވްސް އިންނެވެ.

މި މުބާރާތުގެ ސްޕޮންސަރުން ގޮތުގައި މި ފަރާތްތައް ބައިވެރިވުމަކީ މުބާރާތަށް ލިބޭ ފުރިހަމަ ކަމެކެވެ.