May 29, 2011
ނަންބަރު:427- CIR/2011/02
ސަރކިއުލަރ
ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިިންގަނޑުތަކާއި ޚިލާފަށް ބްރޯޑްކާސްޓް ކުރުމާބެހޭ
ބްރޯޑްކާސްޓް ކުރައްވާ ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ބްރޯޑްކާސްޓް ކުރުމުގައި، ބްރޯޑްކާސްޓު ކުރުމުގެ ސުލޫކީ މިިންގަނޑުގައި ހިމެނޭ މުޖުތަމަޢުުގެ އަދަބު އަޚުލާޤުގެ އާންމު މިންގަނޑުގެ ދާއިރާއާއި ޚިލާފްވަމުންދާކަން މި ކޮމިޝަނަށް ފާހަގަކުރެވެއެވެ.
ވީމާ، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނުމުގެ އެއްބަސްވުމަށް ބްރޯޑްކާސްޓް ކުރައްވާ ހުރިހާ ފަރާތްތަކުން އިޙްތިރާމްކުރެއްވުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.
އަދި ދަންނަވަމެވެ. ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނުމުގައި، މިހާރުވެސް އަމަލުކުރަމުންދަނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނުމުގެ އެއްބަސްވުމަށެވެ. މި އެއްބަސްވުމަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމުގެ މަސައްކަތް މިކޮމިޝަނުން މިގެންދަނީ ކުރަމުންނެވެ. މި މަރުހަލާގައި ވެސް ބަލަން ޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމާއި، އެއްބަސްވުމާ ޚިލާފްވާ ފަރާތްތަކާމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިމަގުގައި ފިޔަވަޅު އަޅާނެވާހަކަ ދެންނެވުމަށް ވެސް މިފުރުޞަތުގެ ބޭނުންކުރަމެވެ.
26 ޖުމާދަލްއާޚިރު 1432
29 މެއި 2011