ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން

April 5, 2021

       އިޢުލާން

ނަންބަރު: (IUL) 427-OPR/1/2021/10

                                   ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މިކޮމިޝަނަށް ދައްކަވަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކުވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން،  މި ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ޤަބޫލުކުރެވޭތީ އަދި ބައެއް ބްރޯޑްކާސްޓަރުން ކަނޑައަޅާފައިވާ ސުންގަޑިއަށް ފީ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވުމުގެ ސަބަބުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2021 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ،  މި ދެންނެވި ފީތައް (ޖޫރިމަނާއަކާނުލައި) ބަލައިގަތުމަށް މި އަހަރު ހަމަޖައްސާފައިވާ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2021 ކަމުގައި ދެންނެވީމެވެ.

 23 ޝައުބާން 1442

05 އެޕްރީލް 2021