ފީފާ ވޯލްޑް ކަޕް ގެ ބްރޯޑްކާސްޓިންގ ރައިޓްސްގެ މައުލޫމާތު ޙިއްސާކުރުން

April 28, 2014

ނަންބަރު:  (IUL)427-LCM/1/2014/31

އިއުލާން

ފީފާ ވޯލްޑް ކަޕް ގެ ބްރޯޑްކާސްޓިންގ ރައިޓްސްގެ މައުލޫމާތު  ޙިއްސާކުރުން

ފީފާ ވޯލްޑް ކަޕް އަކީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 35 ވަނަ މާއްދާ އަދި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ލިސްޓެޑް އިވެންޓެއްގެ ގޮތުގައި މި ކޮމިޝަނުން 25 އޭޕްރިލް 2012 ގައި ކަނޑައަޅައިފައިވާ އިވެންޓެކެވެ.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް އެއްވެސް ބްރޯޑްކާސްޓަރަކު ނުވަތަ ރީބްރޯޑްކާސްޓަރަކު މިހާތަނަށް ހޯދައިފައިވާ ނަމަ އެ ހޯދި ރައިޓްސްއަކާ ބެހޭ މައުލޫމާތު 4 މެއި 2014 ވާ އާދީއްތަ ދުވަހުގެ ކުރީން މި ކޮމިޝަނަށް ލިޔުމުން އެންގެވުން އެދެމެވެ. އަދި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ/ރީބްރޯޑްކާސްޓިންގ ރައިޓްސް މީގެ ފަހުން ވެސް ހޯއްދަވާ ނަމަ، އެ ރައިޓްސް ހޯއްދަވާ ތާރީޚަކުން ފެށިގެން ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ މައުލޫމާތު މި ކޮމިޝަނަށް ލިޔުމުން އެންގެވުން ވެސް އެދެމެވެ.

އަދި މިގޮތުން ހޯދާ ރައިޓްސްގެ މައުލޫމާތު މި ކޮމިޝަނާ ލިޔުމުން ޙިއްސާކުރާއިރު، ރައިޓްސް ދޫކުރި ފަރާތް، ރައިޓްސް ހޯދި ތާރީޚް އަދި ރައިޓްސް ހޯދާފައި ވަނީ ކޮން މީޑިއަމް އަކުން އިވެންޓް ބްރޯޑްކާސްޓް/ރީބްރޯޑްކާސްޓްކުރުމަށް ކަން ހިމަނަންވާނެކަން ވެސް ދެންނެވީމެވެ.

28 ޖުމާދަލް އާޚިރާ 1435

28  އޭޕްރިލް 2014