ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން

March 8, 2017

                                               ނަންބަރު:(IUL)427-LCM/1/2017/7

އިއުލާން

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން

 

ޤާނޫނު ނަމްބަރ: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 46ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު(2012/R-11)ގެ ޖޫރިމަނާ ފީގެ ތާވަލަށް (ޖޫރިމަނާ އަދަދަށް) އަންނަނިވި އިސްލާހު ވަނީ ގެނެސްފައެވެ.

 

  1. ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ޖަދުވަލު 3ގެ 1ވަނަ ނަމްބަރަށް އަންނަނިވި އިސްލާހު ގެނައުން

ޖަދުވަލު 3

ޖޫރިމަނާ ފީގެ ތާވަލު
# ޙަވާލާދޭ މާއްދާ އަރިމަތީ ސުރުޚީ ތަފްޞީލް ޖޫރިމަނާ ދައްކަންޖެހޭ އުސޫލު ޖޫރިމަނާގެ ޢަދަދު
1. 11 (ބ) ލައިސަންސް ފީ ކަނޑައަޅާފައިވާ މުއްދަތުގައި އަހަރީ ފީ ނުދެއްކުން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ފީގެ 0.05% (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ)

 

މި ގޮތުގެ މަތީން ޖޫރިމަނާކުރެވޭނީ ނުދައްކާއޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250,000/- (ދެލައްކަ ފަންސާސް ހާސް) ރުފިޔާ، މި ދެ އަދަދުންކުރެ ބޮޑު އަދަދަކާ ހަމައަށެވެ.

 

 

މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި 07 މާރޗް 2017ގައި ޝާއިއުކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފެށިފައެވެ.

08 މާރޗް 2017