October 8, 2014
އިއުލާން
ނަންބަރު:(IUL)427-LCM/1/2014/57
ޖޫރިމަނާ ފައިސާ ނެގުމުގެ އުސޫލު
ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ އަދި ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް، އެ ޤަވާއިދުތަކުގެ 13 ވަނަ މާއްދާގެ (ހ) ގައި އިޝާރާތްކޮށްފައިވާ ގޮތުގެ މަތީން، ކޮމިޝަނުން ކަނޑައަޅާ މުއްދަތު ތިރީގައި މި ވަނީއެވެ.
1. ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ (އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާ) ދެއްކުން ޖޫރިމަނާ ވާ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް
2. ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 3 ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ (އަހަރީ ފީ ދެއްކުން ލަސްވުމުން ވާ ޖޫރިމަނާ) ދެއްކުން ޖޫރިމަނާ ވާ ދުވަހުން ފެށިގެން ޖެހިގެން އަންނަ މާރޗް މަހުގެ ނިޔަލަށް
3. މި ޖަދުވަލުތަކުގެ އެހެން ނަންބަރުތަކުގައިވާ ފައިސާ ދެއްކުން، ޖޫރިމަނާ ވާ ދުވަހުން ފެށިގެން 1 މަސް ދުވަސް
މި މުއްދަތުގައި ފައިސާ ދައްކާފައި ނުވާނަމަ، ޤަވާއިދުގައިވަ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ކޮމިޝަނުން ހުށަހަޅާނެއެވެ.
މި ޖޫރިމަނާ ފައިސާ ނެގުމުގެ އުސޫލަށް އަމަލު ކުރަން ފަށާނީ މި އުސޫލު ކޮމިޝަނުން ފާސްކުރާ ދުވަހުން ފެށިގެންނެވެ. އަދި މިއުސޫލު ފާސްވުމުގެ ކުރީން ޖޫރިމަނާ ވެފައިވާ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް، މި އުސޫލުގެ 1 ނުވަތަ 2 ގެ ދަށުން ވެފައިވާ ޖޫރިމަނާއެއް ނަމަ، 31 މާޗް 2015ގެ ނިޔަލަށް ފުރުޞަތު ދިނުމަށް ފަހު އަދި، މި އުސޫލުގެ 3 ގެ ދަށުން ވާ ޖޫރިމަނާ އެއް ނަމަ، ފައިސާ ދެއްކުމަށް 1 މަސްދުވަހުގެ މުހުލަތެއް ދިނުމަށް ފަހު، ފައިސާ ދައްކައިފައި ނުވާނަމަ ޤަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާ ހޯދުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ.
ވީމާ މިކަން އަންގާ އިއުލާންކުރަމެވެ.
14 ޒުލްހިއްޖާ 1435
08 އޮކްޓޯބަރ 2014