ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ގެނެސްދޭން ވާނީ ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓްކަން

November 25, 2013

ނަންބަރު:  427-LCM/CIR/2013/19

 ސަރކިއުލަރ

ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 31ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ގެނެސްދޭން ވާނީ ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓެވެ. ވީމާ މި ވަގުތުތަކުގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަމަލުކުރަންވީ ގައިޑްލައިނާ އެއްގޮތަށް، ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ކޮންޓެންޓް ކަމުގައި ހެދުމަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.

21 މުޙައްރަމް 1435

25 ނޮވެމްބަރ 2013