March 5, 2014
ނަންބަރު: (IUL)427-LGL/1/2014/14
އިޢުލާން
‘ލައިސަންސް ނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުން ހިފެހެއްޓޭ އާލާތްތަކާމެދު ޢަމަލުކުރާނެ އުސޫލު’ގެ ގަވާއިދުގެ ދެލިކޮޕީއަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ‘ލައިސަންސް ނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުން ހިފެހެއްޓޭ އާލާތްތަކާމެދު ޢަމަލުކުރާނެ އުސޫލު’ގެ ގަވާއިދުގެ ދެލިކޮޕީއަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.
މި ގަވާއިދުގެ ޑްރާފްޓް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mvގެ ލިންކް ކަމުގައިވާ http://www.broadcom.org.mv/dh/f/page.php?id=625&menu=5 އިން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅުއްވަން ބޭނުންނަމަ info@broadcom.org.mv އަށް ހުށަހެޅުއްވޭނެއެވެ. އަދި ފެކްސް މެދުވެރިކޮށްނަމަ 3334334 ފޮނުއްވޭނެއެވެ.
ވީމާ، ޢާންމު ފަރާތްތަކުން މި ގަވާއިދުގެ ޑްރާފްޓާމެދު ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް ލިޔުމުން 16 މާރޗް 2014 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.
4 ޖުމާދަލްޢޫލާ 1435
5 މާރޗް 2014