July 10, 2014
ނަންބަރު:IUL) 427-OPR/1/2014/44)
އިންޝުއަރެންސް
އިޢުލާން |
ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ |
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 15 އޯގަސްޓް 2014 ން ފެށިގެން 1 އަހަރާއި 8 މަސްދުވަހަށް ހެލްތު އިންޝުއަރެންސް ގެ ޚިދްމަތް ފޯރުވައިދޭނެ ފަރާތެއް ހޯދުމަށް 23 ޖޫން 2014 ގައި ކުރި ނަންބަރު: (IUL) 427-OPR/1/2014/38 އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެވަޑައިގަތީ އެއްމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
” މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 15 އޯގަސްޓް 2014 ން ފެށިގެން 1 އަހަރާއި 8 މަސްދުވަހަށް ހެލްތު އިންޝުއަރެންސް ގެ ޚިދްމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.”
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޖުލައި 20 ވާ (އާދީއްތަ) ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ޖުލައި 24 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
10 ޖުލައި 2014