July 24, 2018
އިޢުލާން
ނަންބަރު: (IUL)427-OPR/1/2018/7
ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2018/6 (16 ޖުލައި 2018) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 2018 އޮގަސްޓު 15 އިން ފެށިގެން 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 02 އޮގަސްޓް 2018 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އަށް ކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 1 އަހަރު ދުވަހަށް މެޑިކަލް އިންޝިއުރެންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު:
ކޮމިޝަން މެމްބަރުންގެ އަދަދު: 7
ޑިޕެންޑެންޓުންގެ އަދަދު: 13
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ
ހ. ދިވެހިރާއްޖޭގެ
ށ. ބައިނަލްއަޤުވާމީ
ބެނިފިޓްސް ތަކުގެ ތަފްސީލް، ފޯރުކޮށް ދެވެންއޮތް އެންމެ ފުޅާމިނަކަށް ( ހޮސްޕިޓަލް ބެނިފިޓްސް، ސަރޖިކަލް ބެނިފިޓްސް، އައުޓް ޕޭޝަންޓް ބެނިފިޓްސް )
ހ. އެޔަރ ފެޔަރ
ށ. މެޑިކަލް ޗެކްއަޕް ( އަހަރަކަށް މެޑިކަލް ޗެކްއަޕްސް ކުރެވޭނެ އަދަދާއި އަދި ދިވެހިރުފިޔާ އިން މެޑިކަލް ޗެކްއަޕްސްގެ އަގު އެނގޭނެހެން )
ކްލެއިމް ކުރުމުގެ ޕްރޮސީޖަރގެ ތަފްސީލް (ފައިސާނުލާ)
ވަކިވަކިން ތަފްސީލްކޮށް ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް ބަޔާންކުރުން.
އިންޝުއަރެންސް ކަވަރ ކުރެވޭ ގައުމުތަކުގެ ނަމާއި ކުރެވޭނެ ސިއްހީ ޚިދުމަތްތަކުގެ ތަފްސީލް.
ކޯ-އިންޝުއަރެންސް ކުރެވޭނެތޯ؟
ޕްއިންޓްސް ދެވޭނެ އުސޫލު
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
24 ޖުލައި 2018