July 18, 2018
އިޢުލާން
ނަންބަރު: (IUL)427-OPR/1/2018/6
ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 15 އޮގަސްޓް 2018 އިން ފެށިގެން 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 24 ޖުލައި 2018 ވާ (އަންގާރަ) ދުވަހުގެ 14:00 އަށް ކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 1 އަހަރު ދުވަހަށް މެޑިކަލް އިންޝިއުރެންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު:
ކޮމިޝަން މެމްބަރުންގެ އަދަދު: 7
ޑިޕެންޑެންޓުންގެ އަދަދު: 13
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ
ހ. ދިވެހިރާއްޖޭގެ
ށ. ބައިނަލްއަޤުވާމީ
ބެނިފިޓްސް ތަކުގެ ތަފްސީލް، ފޯރުކޮށް ދެވެންއޮތް އެންމެ ފުޅާމިނަކަށް ( ހޮސްޕިޓަލް ބެނިފިޓްސް، ސަރޖިކަލް ބެނިފިޓްސް، އައުޓް ޕޭޝަންޓް ބެނިފިޓްސް )
ހ. އެޔަރ ފެޔަރ
ށ. މެޑިކަލް ޗެކްއަޕް ( އަހަރަކަށް މެޑިކަލް ޗެކްއަޕްސް ކުރެވޭނެ އަދަދާއި އަދި ދިވެހިރުފިޔާ އިން މެޑިކަލް ޗެކްއަޕްސްގެ އަގު އެނގޭނެހެން )
ކްލެއިމް ކުރުމުގެ ޕްރޮސީޖަރގެ ތަފްސީލް (ފައިސާނުލާ)
ވަކިވަކިން ތަފްސީލްކޮށް ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް ބަޔާންކުރުން.
އިންޝުއަރެންސް ކަވަރ ކުރެވޭ ގައުމުތަކުގެ ނަމާއި ކުރެވޭނެ ސިއްހީ ޚިދުމަތްތަކުގެ ތަފްސީލް.
ކޯ-އިންޝުއަރެންސް ކުރެވޭނެތޯ؟
ޕްއިންޓްސް ދެވޭނެ އުސޫލު
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
03 ދުލްޤައިދާ 1439
17 ޖުލައި 2018