އިޢުލާން – ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށުމަށް ހިންގޭ އަޖުމަބެލުމުގެ މަޝްރޫޢު  (ޕައިލެޓް ޕްރޮޖެކްޓް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

June 25, 2020

 

އިޢުލާން

ނަންބަރު: (IUL)427-PPR/427/2020/3

 

ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށުމަށް ހިންގޭ އަޖުމަބެލުމުގެ މަޝްރޫޢު  (ޕައިލެޓް ޕްރޮޖެކްޓް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ބްރޯޑްކާސްޓްކުރުމގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫޢު (ޕައިލެޓް ޕްރޮޖެކްޓް) އެއް ހިންގުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މިއީ، މި ޚިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ޚިދުމަތްދިނުމުގައި ޚިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ޚިދުމަތަށް ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލު ކޮމިޝަނުން މިހާރުވަނީ އެކުލަވާލާފައެވެ. މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން، އަލަށް ހުޅުވާލެވޭ މި ފުރުޞަތުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ވަގުތީ ޚިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ.

ވީމާ މި ދާއިރާއިން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުކުގެ ވަގުތީ ޚިދުމަތް ދިނުމުގެ އަޖުމަބެލުމުގެ މި މަޝްރޫޢުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި ކަމަށް އެދޭ ފޯމާއި ލިޔުންތައް ފުރިހަމަކުރުމަށް ފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިކަމަށް އިޢުތިރާޒުނުކުރާ ކަމުގެ ލިޔުމަކާއެކު، 31 އޮގަސްޓް 2020 ގެ ކުރިން ކޮމިޝަންގެ އީމެއިލް info@broadcom.org.mv މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  4 ޛުލްޤާއިދާ 1441

25 ޖޫން 2020

އިތުރު މަޢުލޫމާތު

 

 

  • ހުށަހަޅަންޖެހޭ ފޯމްތައް
  1. ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްސަ ހުއްދައަށް އެދޭ ފޯމް
  2. ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްސަ ހުއްދައަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
  3. މުޢާމަލާތްކުރާނެ އިސްފަރާތް/ޖަވާބުދާރީ ވާނޭ ފަރާތުގެ މަޢުލޫމާތު ފޯމް