July 28, 2013
އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައި.ސީ.އާރ.ސީ) އިން އިންތިޒާމްކޮށްގެން އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ސީނިއަރ އެޑިޓަރސް ކޮންފަރެންސްގައި ބައިވެރިވުމުގު ފުރުސަތު ދިވެހިރާއްޖޭގެ އެޑިޓަރުން/ ސީނިއަރ ޖާރނަލިސްޓުންނަށް ހުޅުވާލައިފިއެވެ.
ނިއުދިއްލީގައި އޮކްޓޯބަރު 8 ން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ “ވަޔަލަންސް އެންޑް ކޮންފްލިކްޓް ރިޕޯޓިންގ: ދަ މީޑިއާ ޑިބޭޓްސް އިޓްސް ރޯލް” ކޮންފަރެންސްގައި ބައިވެރިވުމަށް އައި.ސީ.އާރ.ސީން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދައުވަތު ފޮނުވުމުން، އެ ފުރުސަތު އާންމުކޮށް ހުޅުވާލައި، އެ ކަމަށް އެންމެ އެކަށޭނަ ފަރާތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާ އެޑިޓަރ ނުވަތަ ސީނިއަރ ޖާރނަލިސްޓް ވާހަކަ ދެއްކުމަށް ކަނޑައަޅައިފައިވާ މައުޟޫއަކީ “ރިޕޯޓިންގ އެޓް ސީ: ޑޫ މީޑީއާ ހޭވް އިނަފް މީންސް އެންޑް ނޮލެޖް ޓު ރިޕޯޓް؟” އެވެ.
މި ކޮންފަރެންސްގައި ބައިވެރިވާ ފަރާތުގެ ދަތުރުގެ ޚަރަދާއި ކެއުމާއި ހުރުން ހަމަޖައްސައިދޭނީ އައި. ސީ. އާރ. ސީ. އިންނެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް 31 ޖުލައި 2013 ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އާއްމުކޮށް އިޢުލާންކޮށްފައެވެ.