ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2018)

June 21, 2018

ޝަކުވާ ނަންބަރު: IMCAC-03/2018

ޝަކުވާ ހުށަހެޅި ތާރީޙް: 25 މާރިޗް 2018

ހުލާސާ: މިއީ، ކޮމިޝަނުން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ފާސްކޮށްދީފައިވާ ‘ހިޓްސް’ ޕެކޭޖާއި، މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ‘ހިޓްސް’ ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:

ކޮމިޝަނުން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ފާސްކޮށްދީފައިވާ ‘ހިޓްސް’ ޕެކޭޖާއި، މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ‘ހިޓްސް’ ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް މައްސަލައާ ގުޅޭގޮތުން ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވާކަމާއި؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަކީ، 04 ނޮވެންބަރު 2014 ގައި މުޅިރާއްޖެ އަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްކަމާއި، ކޮމިޝަނުން 29 މެއި 2016 ގައި “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” ފާސްކޮށްދީފައިވާކަމާއި،   މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ރަސްމީ ވެބްސައިޓް ގައި މީޑިއާނެޓް ހިޓްސް ޕެކޭޖްގެ ގޮތުގައި 21 މާރިޗު 2018،    18 އެޕްރީލް 2018، 3 މެއި 2018 އަދި 12 ޖޫން 2018 ގައި ޝާއިޢުކޮށްފައިވާ “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” ގައި ތަފާތުތަކެއް ހުރިކަމާއި، ކޮމިޝަނުން 29 މެއި 2016 ގައި ފާސްކޮށްދީފައިވާ “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” އާއި މި ތާރީޚުތަކުގައި މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ރަސްމީ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” ގައި ވެސް ތަފާތުތަކެއް ހުރިކަން ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ؛

ކޮމިޝަނުން 29 މެއި 2016 ގައި ފާސްކޮށްދީފައިވާ “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” ގައި ހިމެނޭ އަސާސީ ޕެކޭޖަށް      3 (ތިނެއް) ފަހަރެއްގެ މަތިން މީޑީއާ ނެޓް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް އެންގުމަކާ ނުލައި އުނިއިތުރު ގެނެސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާ ކޮންމެ ފަހަރަކަށް 2,000ރ (ދެ ހާސް ރުފިޔާ) ގެ މަގުން، 3 (ތިނެއް) ފަހަރަށް، ޖުމްލަ 6,000ރ (ހަ ހާސް ރުފިޔާ) އިން މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ 23 (ތޭވީސް) ޗެނަލް ހިމަނައިގެން “މީޑީއާ ނެޓް ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ދީފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއާ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑް ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 23 (ތޭވީސް) ޗެނަލަށް، ޖުމްލަ 46,000ރ (ސާޅީސް ހަ ހާސް ރުފިޔާ) އިން މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައިވާ ލިސްޓްގައިވާ ގޮތަށް، ޖޫރިމަނާ ފައިސާއަށްވާ އެކުޖުމްލަ 52,000ރ (ފަންސާސް ދެ ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަށް އުނިއިތުރުގެންނަމަ، އެ ކަން ކޮމިޝަނަށް އެންގުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި،  ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

 

 

#

ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1 އެމް.ވީ ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
2 އައުޓްޑޯ ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
3 ސަންގު ޓީވީ އެޗްޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
4 ޔެސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
5 އަލްޖަޒިރާ އިންޓަރނޭޝަނަލް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
6 އޭ.އެކްސް.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
7 ޗެނަލް ނިއުސް އޭޝީއާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
8 އާރް.ޓީ.އާރް ޕްލެނެޓާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
9 ސޮނީ ސިކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
10 ކަލަރސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
11 ފެޝަން ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
12 ފޮކްސް ލައިފް އެޗްޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
13 އެމް.ޓީ.ވީ އިންޑިއާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
14 ސޮނީ މެކްސް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
15 ސޮނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
16 ސޮނީ އީ.އެސް.ޕީ.އެން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
17 ޓެރޭސް އާރބަން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
18 ކޮމެޑީ ސެންޓްރަލް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
19 ޑީވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
20 އީ އެންޓަރޓެއިންމަންޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
21 ޕީ.އެލް.ޓީވީ އެޗްޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
22 ސޮނީ އީ.އެސް.ޕީ.އެން އެޗްޑީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
23 ޒީ ލިވިންގ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނަށް އެންގުމަކާ ނުލައި ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން            (21 މާރިޗު 2018) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 8 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނަށް އެންގުމަކާ ނުލައި ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން           (18 އެޕްރީލް 2018) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 2,000ރ (ދެ ހާސް ރުފިޔާ)
ކޮމިޝަނަށް އެންގުމަކާ ނުލައި ޕެކޭޖަށް ބަދަލު ގެނެސްފައިވުމުން (3 މެއި 2018) ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ  52,000ރ (ފަންސާސް ދެ ހާސް ރުފިޔާ)

 

19 ޖޫން 2018