ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2015)

March 11, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2015)

ޝަކުވާ ނަމްބަރު: IMCAC-03/2015

ޝަކުވާ ހުށެހެޅި ތާރީޙް: 09 މާރިޗު 2015

ހުލާސާ:  06 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ކުރި ބްރޯޑްކާސްޓްގައި ސަލާމަތީ ބާރުތަކާބެހޭ ގޮތުން ދޮގު މަޢުލޫމާތު ފެތުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 06 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ކުރި ބްރޯޑްކާސްޓްގައި ސަލާމަތީ ބާރުތަކާބެހޭ ގޮތުން ރާއްޖެ ޓީވީން ފޮނުވި ކޮންޓެންޓްގައި ބްރޯޑްކާސްޓް ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް އެއްވެސް ކޮންޓެންޓެއް ގެނެސްދީފައި ނުވާކަމަށް މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

 

11 މާރިޗު 2015