August 13, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 23 އެޕްރީލް 2018
ހުލާސާ: މިއީ، ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބ. ކެންދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބ. ކެންދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛
ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވަނީ 30 ޖުލައި 2018 ގައި ކަމަށްވާތީ އާއި، މިތާރީޚުގެ ކުރިން ބ ކެންދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުން ގެންގޮސްފައިވަނީ އެއަރޓެލް ޑިޝްޓީވީ ބޭނުންކޮށްގެން ކަމާއި، ބޭރުގެ ޗަނަލްތައް ދައްކަނީ އެކިފަހަރު އެކި ޗެނަލްތައްކަމާއި، މި ޚިދުމަތުގައި 14 (ސާދަ) ޗެނަލް ހިމަނާފައިވާކަމަށް މައްސަލައަށް ޖަވާބުދާރީވެ ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީން އިޢުތިރާފުވެފައިވާތީ އާއި؛
ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބ. ކެންދޫގައި އެއަރޓެލް ޑިޝްޓީވީ ބޭނުންކޮށްގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ކަމަށާއި، އެ ޚިދުމަތުގައި 14 (ސާދަ) ޗެނަލެއް ހިމަނާފައިވާކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާތީ؛
އަދި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބ. ކެންދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދީފައިވާކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ ނަންބަރުގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) މަގުން 14 (ސާދަ) ޗެނަލަށް، 28,000ރ (އަށާވީސް ހާސް ރުފިޔާ) އިން ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ބ. ކެންދޫގައި ގައި ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ 11 (އެގާރަ) ޗެނަލް ރީބްރޯޑްކާސްޓްކުރަމުން ދިޔަކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއާ ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 11 (އެގާރަ) ޗެނަލަށް، 22,000ރ (ބާވީސް ހާސް ރުފިޔާ) އިން ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛
ތިރީގައިވާ ލިސްޓްގައިވާ ގޮތަށް، ޖޫރިމަނާ ފައިސާއަށްވާ އެކުޖުމްލަ 50,000ރ (ފަންސާސް ހާސް ރުފިޔާ)، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ފަލަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.
# | ޗެނަލްގެ ނަން | ޚިލާފްވެފައިވާ މާއްދާ | ޖޫރިމަނާގެ ޢަދަދު |
1 | ޓީ.ވީ.އެމް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
2 | ޗެނަލް 13 | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
3 | ޔެސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
4 | ވީ.ޓީ.ވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
5 | މުންނާރު ޗެނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
6 | ސްޓަރޕްލަސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
7 | މަސްތީ ޗެނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
8 | ޒީ.ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
9 | ކަލަރސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
10 | ކާޓޫން ނެޓްވޯކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
11 | ސްޓަރ ސްޕޯޓްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
12 | ސޮނީމެކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
13 | ނެޝަނަލް ޖިއޮގްރަފިކް ޗެނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
14 | ސައުދީ ޤުރުއާން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 5 | 2,000ރ (ދެ ހާސް ރުފިޔާ) |
15 | ޔެސް ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
16 | މުންނާރު ޗެނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
17 | ސްޓަރޕްލަސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
18 | މަސްތީ ޗެނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
19 | ޒީ.ޓީވީ | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
20 | ކަލަރސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
21 | ކާޓޫން ނެޓްވޯކް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
22 | ސްޓަރ ސްޕޯޓްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
23 | ސޮނީމެކްސް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
24 | ނެޝަނަލް ޖިއޮގްރަފިކް ޗެނަލް | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
25 | ސައުދީ ޤުރުއާން | ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 | 2,000ރ (ދެ ހާސް ރުފިޔާ) |
ޖުމްލަ | 50,000ރ (ފަންސާސް ހާސް ރުފިޔާ) |
08 އޮގަސްޓް 2018