October 2, 2019
ޝަކުވާ ހުށަހެޅި ތާރީޙް: 09 ސެޕްޓެންބަރު 2019
ހުލާސާ: މިއީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް (ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް) އިން ‘އައިސްޓީވީ’ އަކީ އެފަރާތުގެ ޗެނަލެއްކަމަށް ބުނެފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް (ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް) އިން ‘އައިސްޓީވީ’ އަކީ އެފަރާތުގެ ޗެނަލެއްކަމަށް ބުނެފައިވާތީ، ކޮމިޝަނުން ބަލަމުންދާ މި މައްސަލައާ ގުޅިގެން، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވީކަމާއި؛
މައްސަލައަށް ޖަވާބުދާރީވެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީއަށް ރިޢާޔަތްކުރާއިރު، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ލެޓާރހެޑްގައި 6 ސެޕްޓެންބަރު 2019 ގައި އައިސްޓީވީގެ ސިޓީއެއް ފޮނުވިފައިވަނީ އޮޅުމަކުން ނުބައި ލެޓަރހެޑް އަކަށް ޕްރިންޓް ކުރެވިގެންކަމަށާއި، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ލެޓާރހެޑްގައި 6 ސެޕްޓެންބަރު 2019 ގައި ފޮނުވި ސިޓީގައި ހެޑް އޮފް އެޑްމިނިސްޓްރޭޓަރގެ ހައިސިއްޔަތުން ސޮއިކޮށްފައިވަނީ އަބްދުލް އަޒީޒް އިބްރާހިމްއަކީ އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތާ ޙަވާލުވެހުންނެވި ފަރާތްކަމުގައި ބަޔާންކޮށްފައިވާތީ؛
ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
23 ސެޕްޓެންބަރު 2019