May 25, 2014
ޝަކުވާ ނަމްބަރު: IMCAC-6/2014
ޝަކުވާ ހުށެހެޅި ތާރީޙް: 18 މާރިޗް 2014
ހުލާސާ: މިއީ، ދި.އެފް.އެމް ޕްލަސްއިން 3 މާރިޗް 2014ވަނަ ދުވަހު ހ.ރަންރިނބުދޫގޭ އަހްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ފެންނަ ގޮތަށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: 3 މާރިޗް 2014ވަނަ ދުވަހު، ހ.ރަންރިނބިދޫގޭ އަޙްމަދު ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދިއެފްއެމް ޕްލަސްއިން ބްރޯޑްކާސްޓްކޮށްފައި ވަނީ އެ ފަރާތުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއް ކަމަށް ކުރިންވެސް ނިންމާފައި އޮތް ކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ނުގެނެސް އެ ކަން ތަކުރާރު ކުރަމުންދާކަމަށް ފާހަގަކުރެވޭތީ އާއި އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހަތަރު ވަނަ ފަހަރު ޚިލާފުވެގެން، “މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު” 13 އޭޕްރީލް 2014 ގައި ދިނުމުގެ ކުރިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، އެ ފަދަ ހަރުކަށި އިންޒާރެއް މި މައްސަލައިގައި ދެވެން ނެތް ކަމަށް ކަނޑައަޅައި، ނަމަވެސް މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން، މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.
25 މޭ 2014