November 29, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 23 އެޕްރީލް 2018
ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޅ.ކުރެންދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް:
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޅ.ކުރެންދޫގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދެވިފައިވާކަމާއި؛
މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން މައްސަލައާ ގުޅިގެން ޖަވާބުދާރީވެ ފޮނުވި ސިޓީތަކަށް ރިޢާޔަތްކުރާއިރު، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޅ. ކުރެންދޫގައި ރީބްރޯޑްކާސްޓްކުރުން (ކޭބަލް ޓީވީ) ގެ އެއްވެސް ޚިދުމަތެއް ނުދޭ ކަމަށާއި، ނަމަވެސް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޅ. ކުރެންދޫގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތްކަމުގައި ބަޔާންކޮށްފައިވާތީ އާއި؛
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޅ. ކުރެންދޫގައި ދޭ ޚިދުމަތަކީ އިންޓަރނެޓްގެ ޚިދުމަތްކަމަށް ފާދިއްޕޮޅު ކުރެންދޫ ކައުންސިލުން މައުލޫމާތު ދީފައިވާތީ އާއި؛
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޅ. ކުރެންދޫގައި ދެމުންދަނީ އިންޓަރނެޓްގެ ޚިދުމަތް ކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގެން އޮތަތީ؛ މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކަށް ނުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.