January 14, 2014
ޝަކުވާ ހުށެހެޅި ތާރީޙް: 24 ސެޕްޓެމްބަރ 2013
ހުލާސާ: މިއީ، ރާއްޖެޓީވީން 23 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ އޮންއެއަރ ކުރި އެމް.ޑީ.ޕީ ޤައުމީ މަޖްލީހުގެ ޖަލްސާގައި ބްރޯސްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފަށް ކޮންޓެންޓް ހުރިކަމަށް ފެންނާތީ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ޙަވާލާދީފައިވާ ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (3)، ދެވަނަ ހަމައިގެ (1) (2)، ތިންވަނަ ހަމައިގެ (1)، އަދި ފަސްވަނަ ހަމައިގެ (4) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (4)ގެ ދަށުން:
ރާއްޖެޓީވީން 23 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ ވަގުތުން އޮންއެއަރ ކުރި އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި؛
މި ކުށަށް، އެއްވެސް ޝަރުތެއް ނެތި 31 ޖެނުއަރީ 2014ގެ ކުރީން އެއްރޭ 20:00 ން 00:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއަރގައި މަޢާފަށް އެދުމަށާއި، ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު 31 ޖެނުއަރީ 2014ގެ ކުރީން އެއްރޭ 20:00 ން 00:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއަރގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.
14 ޖެނުއަރީ 2014