ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-14/2013)

April 6, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-14/2013)

ޝަކުވާ ނަމްބަރު: IM/CAC-14/2013

ޝަކުވާ ހުށެހެޅި ތާރީޙް: 16 ނޮވެމްބަރު 2013

ހުލާސާ:  މިއީ، 15 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ 18:00ގެ ފަހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށާއި އެ ޕާޓީގެ މެނިފެސްޓޯއާ ގުޅުވައި ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ހިމެނޭ ގޮތުން ފާޑުކިޔާފައިވާ “އަންދަލުސް” ކިޔާ ދީނީ ދަރުސެއް ޗެނަލް 13، ޗެނަލް 1، ވީ.ޓީ.ވީ އަދި ދި. ޓީވީން ފޮނުވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، 15 ނޮވެމްބަރ 2013 ވަނަ ދުވަހުގެ ރޭ 18:00ގެ ފަހުން “އަންދަލުސް” ކިޔާ ދީނީ ދަރުސެއް ބައެއް ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓްކޮށްފައިވީ ނަމަވެސް، އެ ދަރުސް އަކީ ބްރޯސްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާ ކޮންޓެންޓެއް ނޫންކަމަށް 23 ސެޕްޓެމްބަރ 2013ގައި މި ކޮމިޝަނުން ނިންމާފައިވާތީއާއި، އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އިސް ބޭފުޅުންނާއެކު 21 ނޮވެމްބަރ 2013ގައި ބޭއްވި ބައްދަލުވުމުގައި ޙަވާލާދީފައިވާ “އަންދަލުސް” ދަރުސްގައި އެންޓިކެމްޕެއިންގެ މައްސަލައެއް ނެތްކަމަށް ނިންމާފައިވާނޭ ކަމަށް އެ ބިއުރޯއިން ވިދާޅުވެފައިވާތީއާއި، މި މައްސަލައާ ގުޅޭގޮތުން ވަކި ގޮތެއް ކަނޑައެޅުމަށް ކަށަވަރުކުރަންޖެހޭ މުހިއްމު ބައެއް މަޢުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ތަފާތު ފަހަރު މަތީން އެދުމުންވެސް އެ މަޢުލޫމާތު ލިބިފައި ނުވާތީ، ލިބިފައިވާ ހެކިތަކަށް ބަލާއިރު މައްސަލައާ ގުޅޭ ކޮންޓެންޓަކީ ބްރޯސްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާ ކޮންޓެންޓެއް ކަމަށް ކަނޑައެޅެން ނެތްކަމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

06 އެޕްރީލް 2014