December 28, 2022
ޝަކުވާ ހުށަހެޅި ތާރީޙް: 23 ޖޫން 2021
ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ ޚިލާފަށް ލައިސަންސް ނެތި އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ޅ.ނައިފަރުގައި ދޭކަމަށް ބެލެވޭތީ ބަލަމުންދާ މައްސަލައެކެވެ.
ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ ޚިލާފަށް ލައިސަންސް ނެތި އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލް ޓީވީ) ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ޅ.ނައިފަރުގައި ދޭކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ ބެލި ކޮމިޝަންގެ ނަންބަރު IMCAC-26/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުދެވި އެ ފުރުސަތުގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި، މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަކީ ޅ.ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމަށް “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ކޮމިޝަނުން މިހާތަނަށް ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި، މައްސަލައިގެ ތަޙުޤީގު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޅ.ނައިފަރުގައި ދީފައިވާކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
28 ޑިސެންބަރު 2022