February 19, 2013
ޝަކުވާ ނަމްބަރު: IM/CADR-8/2012
ޝަކުވާ ހުށެހެޅި ތާރީޙް: 30 ސެޕްޓެމްބަރ 2012
ހުލާސާ: ގާސިމް އިބްރާހީމްގެ ފޮޓޯއެއް ބޭނުންކޮށްގެން 19 ސެޕްޓެމްބަރ 2012 ގެ 23:00 ން 23:45އަށް ބްރޯޑްކާސްޓްކުރި ‘ދުންކަރާސް’ ޕްރޮގްރާމުގައި އޭނާގެ އަބުރާއި އިއްޒަތަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވުން.
ނިންމި ގޮތް:މަތީގައިވާ މައްސަލައާ ގުޅިގެން ހުށަހެޅުނު ކޮންޕްލެއިންޓްސް އެޖުޑިކޭޝަން ކޮމިޓީގެ ރިޕޯޓަށް ބަލާ ނަޒަރުކުރުމުން، ބުނެވިދިޔަ ވަގުތުތަކުގައި ރާއްޖެޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެއްޓެއްކަމަށް ކަނޑައަޅައި، ނަމަވެސް މީގެ ތެރެއިން ބައެއް މައްސަލަތަކުގައި ފާހަގަކޮށްފައިވާ ކޮންޓެންޓަކީ އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން މިހާރުވެސް ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅާފައިވާ ކޮންޓެއްޓެއްކަމާއި އަދި މީގެ ތެރެއިން ލައިވް ކަވަރޭޖްތައް ޝާމިލްވާ ކޮންޓެންޓަކީ އެ ފަދަ އެހެން ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ ކަންކަމުގައި އެކަންކަން އިސްލާޙްކުރުމަށް ރާއްޖެ ޓީވީއަށް ކުރިން އަންގާފައިވާ ކަންކަމަށް ވާތީ، ބުނެވިދިޔަ މައްސަލަތަކާ ގުޅޭގޮތުން ރާއްޖެ ޓީވީ އަށް އިތުރަށް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް ނިންމައި، ނަމަވެސް ރާއްޖެ ޓީވީގެ ކޯޑް އޮފް ކޮންޑަކްޓާއި އެޑިޓޯރިއަލް ޕޮލިސީ ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ތައާރުޒުވާކަމަށް ފާހަގަކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (1) ގެ ދަށުން، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ތައާރުޒުނުވާ ގޮތަށް ރާއްޖެ ޓީވީގެ ކޯޑް އޮފް ކޮންޑަކްޓާއި އެޑިޓޯރިއަލް ޕޮލިސީ އިސްލާޙުކުރުމަށް ރާއްޖެޓީވީއަށް އެންގުމަށް ކަނޑައަޅައި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
19 ފެބްރުއަރީ 2013