ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

February 4, 2019

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު

       ނަންބަރު: (NINMUN)427-LCM/PRIV/2019/2

މިއީ، ޗެނަލް 13 އިން ގެނެސްދިން “އޮޅުވާލި ވޯޓު” ޕްރޮގްރާމްގައި 7 އޮކްޓޫބަރު 2018 ގެ 21:59 ގައި، ވޯޓުން ވައްކަންކުރި، ތިމަރަ ވަގު، ވޯޓު ވަގު ކަމަށްބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތު ނުހިފޭ ދޮގު މައުލޫމާތު ފަތުރައި، އަދި އެބޭފުޅާގެ ޤަދަރަށާއި ޢިއްޒަތަށް އުނިކަން ލިބޭގޮތަށް ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ބްރޯޑްކާސްޓްކުރުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ކޮމިޝަންގެ ނަންބަރު  CAC-16/2018މައްސަލަ ބެލިއިރު، މައްސަލަ ނިންމުމުގައި 7 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ 21:57 ން 21:59 އަށް، ޗެނަލް 13 އިން، ‘އޮޅުވާލި ވޯޓު’ ގެ ނަމުގައި ޕިޕީއެމް އޮފީސް ސަރަހައްދުގައި ވަގުތުން ބްރޯޑްކާސްޓްކުރި ޙަރަކާތުގައި ވާހަކަ ދެއްކެވި ބޭފުޅާ، ދައްކާފައިވާ ވާހަކައަށް ބަލާއިރު އެ ވާހަކަތައް ނިސްބަތްވާ ފަރާތަކީ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފުކަން ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަވެފައިވާކަމާއި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްއަށް ނިސްބަތްކޮށް ބްރޯޑްކާސްޓްކޮށްފައިވާ އެކޮންޓެންޓްގެ ސަބަބުން އެފަރާތުގެ އަބުރާއި ޢިއްޒަތަށް އުނިކަން އަންނާނޭ ކަމަށް ފެނުނު ހިނދު، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ (މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުން) އާ ޚިލާފް ކޮންޓެންޓެއް ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛

މިއީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ޚިލާފުވި ހަތަރުވަނަ ފަހަރުކަމުގައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްނުވުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އިތުރަށް ޚިޅާފުވެއްޖެނަމަ،ނުވަތަ މިފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދެވޭ އިންޒާރެކެވެ.

04 ފެބްރުވަރީ 2019