October 18, 2011
ކެބިނެޓް މެމްބަރުން، ސްޓޭޓް މިނިސްޓަރސް، އިންޓަރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސްގެ ނާއިބު ރައިސް، ބޯރޑް އޮފް ޑިރެކްޓަރސް، އެމް.އެން.ބީ.ސީ ގެ ވެރިން އަދި މުވައްޒަފުން އަދިވަޑައިގެންތިއްބެވި އެންމެހާ ޢިއްޒަތްތަރި މެހްމާނުން.
ދިވެހި ރާއްޖޭގައި އައި.އެސް.ޑީ.ބީ-ޓީ ގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން ބާއްވާ ހަފްލާގައި ވާހަކަދައްކާލުމުގެ ފުރުސަތެއް ލިބުމަކީ އަޅުގަނޑައް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުން ތަކުގެ އަލީގައި ބްރޮޑްކާސްޓިންގ ސިނާއަތައް ލިބެމުން އަންނަ ކުރިއެރުން ތަކަކީ ފާހަގަ ކޮއްލުން ކޮންމެހެންވެސް މުހިންމު ކަމެއްކަމުގައި އަޅުގަނޑުދެކެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހި ރާއްޖެ ފަދަ ޤައުމެއްގައި މިފަދަ ޓެކްނޮލޮޖީތައް ޓެސްޓު ކުރަމުން ދާކަމީ އެކަމަށް އަޅުގަނޑު ފަޚުރުވެރިވާ ކަމެކެވެ.
ބްރޯޑްކާސްޓިންގ ޚިދުމަތަކީ އިޖުތިމާޢީ ހެޔޮ ބަދަލު ކުރިއެރުވުމާއި ގުޅުން ބަދަހި ކުރުމުގައި މުހިންމު ދައުރެއް ކުޅޭ ވަސީލަތެކެވެ. އެހެންކަމުން ރައްޔިތުންގެ އިޖުތިމާޢީ-އިޤްތިސާދީ ތަރައްޤީގެ މިންގަޑުތައް ދެނެގަތުމުގައި މުހިންމު ވަސީލަތެކެވެ. ޑިޖިޓަލް ކޮށް މި ޚިދުމަތް ދެވޭނެ ފުރުސަތު ޤާއިމު ކުރެވުމުން މިހާރައްވުރެން ޚަރަދު ކުޑަކޮށް ބްރޯޑްކާސްޓް ކުރުމުގެ މަގުފަހިވެ އިތުރު ވިޔަފާރީގެ ދޮރުތައް ހުޅުވިގެން ދާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނުވެ.
ވަޑައިގެން ތިއްބެވި އެއްމެހާ އިއްޒަތްތެރިން ބްރޯޑްކާސްޓް ކުރުމަކީ އޭގެ ޒާތުގައި އިންސާނުންގެ ދިރިއުޅުމައް ގިނަ ބަދަލުތަކެއް ގެނެސްދީފައިވާ ޚިދުމަތެކެވެ. އަދި މިއީ މަޢްލޫމާތު ފެތުރުމުގައި ބާރުގަދަ ވާސީލަތެކެވެ.
މިގޮތުން އައި.އެސް.ޑީ.ބީ-ޓީ އަކީ ކުރާފައިވާ ޒަމާނީ ޓެކްނޮލޮޖީއެއް ކަމަކީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އަދި ހަމަ މިޔާއި އެކު މިޒާތުގެ އަދި ހަމަހަމަ ފެންވަރުގެ އެހެނިހެން ޓެކްނޮލޮޖީތައްވެސް ދުނިޔޭގައި ފެތުރެމުން ދެއެވެ. މިފަދަ އާ ޓެކްނޮލޮޖީތައް ޓެސްޓުކުމުގައި އެންމެހާ ބްރޯޑްކާސްޓަރުންވެސް އެޓެކްނޮލޮޖީގެ ޤާއިމުކުރުމާއި ހިންގުމުގެ ޚަރަދާޢި، ލިބޭ ފައިދާތަކާޢި ބޭނުން ހިފުމުގެ ލުއިފަސޭހަ ކަމައް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ. ޢަޅުގަނޑުގެ ނަޒަރުގައި ޚިދުމަތްދޭ ފަރާތުގެ މަސްލަހަތަށް ވިސްނުމަކީ ކޮންމެހެންވެސް ލާޒިމް ކަމެކެވެ. އަދި މިދެންނެވި ކަންކަމައް ރިއާޔަތް ކުރުއްވައިގެން އެހެނިހެން ޓެކްނޮލޮޖީތައްވެސް ޓެސްޓުކުރުމަށް ނަސޭހަތްތެރިވަމެވެ.
ތަރައްގީ ވަމުން އަންނަ އެހެން ޤައުމު ތަކެކޭ އެއްފަދައިން ދިވެހި ރާއްޖެވެސް މިދަނީ އެނަލޮގުން ޑިޖިޓަލް އައް ބަދަލުވުމުގެ ދަތުރު ފަށައިފައެވެ. އަދި މިކޮމިޝަންގެ މެދު ރާސްތާ ރޭވުމުގައިވެސް މިކަމައް ޚާއްސަ އަހަންމިއްޔަތު ކަމެއްދީ އެހެނިހެން ޤައުމުތަކުގައި މިފަދަ ޓެކްނޮލޮޖީ ޤާއިމް ކުރެވިފައިވާ ގޮތާއި، ޚިދުމަތް ލިބިގަންނަ އަދި ޚިދުމަތް ދޭ ފަރާތްތަކުގެ ކޮންސަލްޓޭޝާން އާއި އެކު ކުރިއައް ކުރިއައް ދިއުމުގެ މަގު ޗާރޓު ތަކެއް ވަނީ އެކުލެވިފައިވެއެވެ.
ވަޑައިގެން ތިއްބެވި އެއްމެހާ އިއްޒަތްތެރިން ޑިޖިޓަލް ނެޓްވާރކްތައް ޤާއިމުކުރުމަކީ ޚަރަދު ބޮޑު ކަންކަމެވެ. އެހެންކަމުން މިފަދަ ނެޓްވާރކް ތައްމެދުވެރިކޮށް ފޯރުވައިދެވޭނޭ އެހެން ޚިދުމަތް ތަކާއި މީގެން އިތުރު ފައިދާ ލިބޭނޭ ގޮތްތައް ހޯދުމަކީ ރައްޔިތުންނައް ބޮޑެތި ފައިދާތެކެއް ލިބިގެން ދާނެކަމެއްކަމައް އަޅިގަނޑު ދެކެމެވެ.
އަޅުގަނޑު އިލްތިމާސް އަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުންވެސް އާޓެކްނޮލޮޖީ ޤާއިމުކުރުމުގައި މުޅި އާބާދީއައް ޚިދުމަތް ލިބޭނޭ ފަދައަކުން އަދި ޚިދުމަތް ލިބިގަންނަ ފަރާއްތަކައް ފަސޭހަކަމާއި އެކު އެޚިދުމަތް ބޭނުންކުރެވޭނެ ގޮތަކުން ކުރިއައް ދިއުމަށެވެ.
ޝުކުރިއްޔާ