އިޢުލާނު – “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ އެންމެހައި ކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުން

April 11, 2022

 

އިޢުލާނު

ނަންބަރު:7(IUL)427-OPR/1/2022/

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ އެންމެހައި ކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުން

 

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް” ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ނެރެމުންދާ، މި ކޮމިޝަންގެ ލައިސަންސްގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތަކަށް ނިސްބަތްނުވާ، އޮންލައިން މީޑިއާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

11 އެޕްރީލް 2022