April 30, 2025
އިޢުލާނު
ނަންބަރު: (IUL)427-OPR/1/2025/14
މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2025/13 (28 އެޕްރީލް 2025) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން
މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2025/13 (28 އެޕްރީލް 2025) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަމުންގެންދާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” ބޭއްވުމުގެ ހުރިހާ އިންތިޒާމެއް އަމިއްލަ ޚަރަދުގައި ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާ TOR ވާނެ އެވެ.
ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ތަކެތި
ތަފްސީލް: މަޢުލޫމާތު ސާފުކުރުން
ތާރީޙް: 04 މޭ 2025 (އާދިއްތަ)
ގަޑި: 10:00
އަންދާސީ ހިސާބު ހުށެހެޅުމަށް:
ތާރީޙް: 13 މޭ 2025 (އަންގާރ)
ގަޑި: 10:00
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
އީމެއިލް: info@broadcom.org.mv / reception@broadcom.org.mv
ފޯނު: 3334333 / 3334327
30 އޭޕްރީލް 2025