May 25, 2020
އިޢުލާން
ނަންބަރު: (IUL) 427-OPR/1/2020/8
ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މި ކޮމިޝަނަށް ދައްކަވަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކުވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، މި ދުވަސްކޮޅު އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން، މި ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ޤަބޫލުކުރެވޭތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާނުލައި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ 31 މެއި 2020 ކަމުގައި މި ކޮމިޝަނުގެ ނަންބަރު: 427-OPR/1/2020/7 (IUL) (27 އޭޕްރިލް 2020) އިޢުލާނުން ވާނީ ހަމަޖައްސާފައެވެ. ނަމަވެސް، ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މުއްދަތު މެއި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވުމުގެ ސަބަބުން ދައުލަތުގެ އިދާރާތައް އިތުރަށް ބަންދުކުރަން ޖެހިފައިވުމާއެކު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް، މި ދެންނެވި ފީތައް (ޖޫރިމަނާއަކާނުލައި) ބަލައިގަތުމަށް މިހާރު ހަމަޖައްސާފައިވާ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2020 ކަމުގައި ދެންނެވީމެވެ.
މިހާރު ކުރިމަތި ވެފައިވާ މި ޙާލަތާ ގުޅިގެން ދެންނެވުނު ސުންގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ކަން އަލުން އިޢުލާނުކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
2 ޝައްވާލް 1441
25 މެއި 2020