May 31, 2022
އިޢުލާނު
ނަންބަރު:(IUL)427-PPR/INDIV/2022/1
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން”
ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ދިނުމަށް ނިންމާފައިވާތީ، މި އެވޯޑުގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމުގެ ފުރުޞަތު، ނަންބަރު:9(IUL)427-PPR/1/2022/ އިޢުލާނުން ވަނީ 3 މޭ 2022 ގައި އާންމުކޮށް ހުޅުވާލާފައެވެ.
މި އެވޯޑްގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ 12 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު”ގައި، އިތުރު އިސްލާޙްތަކާއެކު ބަޔާންކޮށްފައިވާނެއެވެ. މި އުސޫލު ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
31 މެއި 2022