May 9, 2022
ނަންބަރު: (IUL)427-OPR/1/2022/11
“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ އޮޑިޓް ޕާޓްނަރެއް ހޯދުން
ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައި ކަންކަން ދެފުށްފެންނަ ހާމަކަންބޮޑު ގޮތެއްގައި ކުރުމަށްޓަކައި، ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން
އޮޑިޓް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.
9 މޭ 2022