އިޢުލާނު – މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

June 19, 2022

އިޢުލާނު

ނަންބަރު:(IUL)427-BUR/PRIV/2022/1

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022″ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

 

ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ދިނުމަށް ނިންމާފައިވާތީ، މި އެވޯޑުގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމުގެ ފުރުޞަތު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފައެވެ.

މި އެވޯޑްގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމަށް އަދިވެސް އެކި ފަރާތްތަކުން އެދެމެން ދިއުމާއެކު، އިތުރު ވަގުތު ދިނުމުގެ ގޮތުން، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ. އަދި މިހާރު ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކަށް، މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި އަލަށް ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ބަލައިނުގަންނާނެ ކަމުގައި ދަންނަވަމެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު” ގައި، ބަޔާންކޮށްފައިވާނެއެވެ. މި އުސޫލު ކޮމިޝަނުގެ ވެބްސައިޓް  broadcom.org.mv  ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

19 ޖޫން 2022