އިޢުލާނު – “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް” ނައިޓް  އިންތިޒާމުކޮށް ރާވައި ހިންގައިދޭނެ ފަރާތެއް ހޯދުން

May 30, 2022

އިޢުލާނު

ނަންބަރު:15  (IUL)427-OPR/1/2022/

 

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް” ނައިޓް އިންތިޒާމުކޮށް ރާވައި ހިންގައިދޭނެ ފަރާތެއް ހޯދުން

         މިކޮމިޝަނުން ކޮށްފައިވާ އިޢުލާން ނަންބަރު:8/2022 (IUL)427-OPR/1/އާއި ގުޅިގެން  ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމުން، އެ އިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.

         ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑް ނައިޓްގެ އެންމެހާ ކަމެއް އިންތިޒާމުކޮށް ރާވައި ހިންގައިދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން،  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 

30   މޭ  2022