September 21, 2020
އިޢުލާން
ނަންބަރ: (IUL)427-PPR/427/2020/6
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި ގުޅިގެން ބާއްވާ “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” ގައި ބައިވެރިވުމަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން
ދިވެހި ނޫސްވެރީންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ޤާބިލު ބައެއް ކަމުގައި ހެދުމާއި، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ތަމްރީން ލިބިފައިވާ، ޒިންމާދާރު އަދި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް އަމަލުކުރާ ނޫސްވެރިންތަކެއް ބިނާކުރުމުގެ މަޤްސަދުގައި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ބްރޯޑްކާސްޓިންގ ކޮމިޝަން ގުޅިގެން ވަރކްޝަޕެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މިގޮތުން، މީޑިއާގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަށް މި ޕްރޮގްރާމަށް ކުރިމަތުލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. ވަރކްޝަޕް ބޭއްވުމަށް ހަމަޖެހިފައިވާގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ؛
ޓްރެއިނިންގގެ ނަން: | “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” | |
ޓްރެއިނިންގ ބާއްވާ ތަން: | ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ | |
ޓްރެއިނިންގ ތާރީޚް : | 02 އިން 04 އޮކްޓޯބަރ 2020 ( ތިން ދުވަސް) | |
ޓްރެއިނިންގ ވަގުތު: | 14:00 އިން 15:30 އަށް / 16:00 އިން 18:30 އަށް | |
ނިންމުމުގެ ރަސްމިއްޔާތު:
ޓްރެއިނަރުން: |
04 އޮކްޓޯބަރ 2020 ގެ 17:00 ގައި
އައި.ޔޫ.އެމް ގެ ލެކްޗަރުންނާއި ކޮމިޝަން މެމްބަރުން |
ވީމާ، މި ވަރކްޝަޕަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް، އައިޑީ ކާޑުގެ ކޮޕީ އަދި ސީވީ،
26 ސެޕްޓެމްބަރު 2020 ވާ ހޮނިހިރު ދުވަހުގެ 1200 ގެ ކުރިން މި ކޮމިޝަނަށް އިމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިދަންނަވަމެވެ. އެޕްލިކޭޝަން ފޮނުއްވާނީ info@broadcom.org.mv އަށެވެ. މި ވާރްކްޝަޕްގައި ބައިވެރިވުމަށް ފުރުސަތު ދެވޭނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރުމަށްފަހު ހޮވޭ ފަރާތްތައް ކަމުގައި ދަންނަވަމެވެ.
04 ޞަފަރު 1442
21 ސެޕްޓެމްބަރ 2020